މާދަމާ ރޭ ރައީސް ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ރޭ ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވަން ނިންމަވައިފިއެވެ. އެ ނިންމެވުން ނިންމެވިކަން ހާމަކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދެވެ. ހީނާ ކު...

22 Nov 2025 | 12:05
ރައީސް މި ފަހުން އދ. މަންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސް މި ފަހުން އދ. މަންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މާދަމާ ރޭ ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެ ނިންމެވުން ނިންމެވިކަން ހާމަކުރެއްވީ

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ހީނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާގޮތުގައި

އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މުޙްޔިއްދީން ސްކޫލުގައެވެ. ބައްދަލުވުން

ފަށަން ނިންމާފައިވަނީ މާދަމާ ރޭ 08:30 ގައެވެ.

މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި

ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދެއްވުމަށް މާލޭ ސަރަޙައްދުގައި ދިރިއުއްވާ

ރައްޔިތުންނާ ބައްދަލުކުރެއްވުމެއް ރައީސް ކުރެއްވި އިއުލާނާއި އެއްގޮތްވާގޮތުގެ

މަތިން ކުރިއަށްގެންދާ ބައްދަލުވުމެއް ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވެފައިވަނީ ވިލިމާލޭގައި

ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް