ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލިއްޖެ

ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ މިފަދަ ސުވާލުތަކެއް ނޫސްވެރިން ކުރަމުން އަންނަތާ ދެ ދުވަސް ފަހުން އެކަ...

22 Nov 2025 | 05:23
N/A

N/A

ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން

ސިނގިރޭޓު ގެއްލިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިފަދަ ސުވާލުތަކެއް

ނޫސްވެރިން ކުރަމުން އަންނަތާ ދެ ދުވަސް ފަހުން އެކަމަށް ދިން ރަސްމީ ޖަވާބެއްގައެވެ.

އެ ޖަވާބުގައި ފުލުހުން ބުނެފައިވާގޮތުގައި މި އަހަރުގެ

މެއި މަހު ވިލިމާލޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަނުގެ ތެރެއިން ހަ

ކާޓަން ވަނީ ގެއްލިފައެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލެ ފުލުހުންގެ

ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަންވެސް ގެއްލިފައިވާކަން މިހާރު

އެނގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހަ ކާޓަން

ގެއްލިފައިވާކަން އެނގުނީ މެއި މަހު އަތުލައިގަތް ސިނގިރޭޓުތައް ކަސްޓަމަސް އާއި

ހަވާލުކުރުމަށް ބެލި ބެލުމުންނެވެ. އަދި އިތުރު ބެލި ބެލުމުން ކުރީގެ 25

ކާޓަންވެސް ގެއްލިފައިވާކަން އެނގުނު ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަތަކާއި

ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ބަލަމުން އަންނަކަމަށާއި

މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް