ޑުރަގު ކެފޭއަކުން ދެ ޒުވާނަކު ހައްޔަރު: އެކަކު ބުނީ އެތަނަށް ދިޔައީ ފޯނެއް ގަންނަން ކަމަށް އަނެކަކު ބުނީ ދިޔައީ ފޯނެއް ވިއްކަން ކަމަށް !

ޑުރަގު ކެފޭއެއްގެ ގޮތުގައި ދިވެހި ފުލުހުން ސިފަކުރާ ތަނަކުން ހައްޔަރުކުރި ދެ ޒުވާނަކު އެ ތަނަކަށް ދިޔައީ ވިޔަފާރީގެ މުޢާމަލާތަކަށް ކަމަށް ބުނެފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގެ އިއްޔެގެ ރެކ...

22 Nov 2025 | 05:09
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ޑުރަގު ކެފޭއެއްގެ ގޮތުގައި ދިވެހި ފުލުހުން

ސިފަކުރާ ތަނަކުން ހައްޔަރުކުރި ދެ ޒުވާނަކު އެ ތަނަކަށް ދިޔައީ ވިޔަފާރީގެ

މުޢާމަލާތަކަށް ކަމަށް ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގެ އިއްޔެގެ

ރެކޯޑުތަކަށް ބަލާއިރު ލ. ކަލައިދޫ، ގަހާ، އުމުރުން 22 އަހަރުގެ މުޙައްމަދު ޒަޔާން

ޙުސައިން، މަސްތވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ

ތުހުމަތުގައި ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު އޭނާގެ

އަތުން ފައިސާތަކެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ފައިސާއަކީ ފޯނެއް

ގަތުމަށްޓަކައި ހިފައިގެންދިޔަ ފައިސާކަމަށްވެސް ބުނެފައިވެއެވެ.

ހަމަ އިއްޔެ ޏ. ފުވައްމުލައް ސިޓީ، މިސްކިތްމަގު،

ޖާދޫގޭ، އުމުރުން 20 އަހަރުގެ އަޙްމަދު ޝާރިން ޝާހިދު، މަސްތުވާތަކެތި

ބޭނުންކުރުމާއި ގެންގުޅުމާއި އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި

ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު އޭނާ އެ އެޕާޓްމަންޓަށް

ދިޔައީ ފޯނެއް މީހަކަށް ވިއްކުމުގެ ބޭނުމުގައި ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

ދެމީހުން ހައްޔަރުކުރި ގެއަކީ ކެފޭ އުސޫލުން

މަސްތުވާތަކެތި ވިއްކާ ތަނެއް ކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް