ޔޫސުފް މި ކިޔައިދެނީ އަރަބިއްޔާ ނައްތާލަން ކުރީ ސަރުކާރުތަކުން ކުރި މަސައްކަތްތަކާ ކުރިމަތިކުރި ގޮންޖެހުންތައް !

އަރަބިއްޔާ ސްކޫލުގެ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަން (ޕީޓީއޭ) ގެ ކުރީގެ ދެ ދައުރު އަދި މި ހިނގާ ދައުރުގެވެސް ނައިބުރައީސް ޔޫސުފް އަބްދުﷲ ކިޔައިދެނީ އަރަބިއްޔާގެ 37 އަހަރުވީ ދިގު މާޒީ ނިމުމަކަށް ގެނައުމަށް ...

22 Nov 2024 | 17:29

އަރަބިއްޔާ ސްކޫލުގެ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަން (ޕީޓީއޭ) ގެ ކުރީގެ ދެ ދައުރު އަދި މި ހިނގާ ދައުރުގެވެސް ނައިބުރައީސް ޔޫސުފް އަބްދުﷲ ކިޔައިދެނީ އަރަބިއްޔާގެ 37 އަހަރުވީ ދިގު މާޒީ ނިމުމަކަށް ގެނައުމަށް ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތްތަކުގެ ވާހަކައާއި ކުރިމަތިކުރުވާ ގޮންޖެހުންތަކުގެ ވާހަކައެވެ.

ޖަމިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރ އަދި އިސްލާމްދީނަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒްގެ ޔޫޓިއުބް ޗެނަލްގައި އާއްމުކޮށްފައިވާ އެ ވީޑިއޯގައި 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ދަރިވަރުން ކިޔަވަމުންދަނިކޮށް ބުލްޑޯޒަރު ވެއްދި ހާދިސާއިން ފެށިގެން މަންދު ކޮލެޖަށް އެ ދަރިވަރުން ގެންގޮސް ޖެއްސި ހާލުގެ ތަފްސީލާއި އަދި ރައީސް ނަޝީދުގެ ވެރިކަމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަރަބިއްޔާގެ ބެލެނިވެރިންނަށް އެ ސަރުކާރުތަކުން ހެދި، ދިގުދެމިގެންދިޔަ ދޮގުތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ޔޫސުފް ކިޔައިދީފައިވެއެވެ.

ތިރީސް މިނެޓަށްވުރެ އެ ދިގު ވީޑިއޯ ޔޫސުފް ނިންމާލީ، މިހާރު މި ހިނގާ، ރައީސް މުއިއްޒުގެ ސަރުކާރުން، އަރަބިއްޔާ ސްކޫލު އެޅުމަށް އާރްޑީސީއާއި ހަވާލުކޮށް ބިންގާ އެޅިގެން އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ތަސައްލީއެއްކަމާއި އުންމީދުތަކެއްގެ ފެށުންކަމުގައި ބުނަމުންނެވެ.

https://www.youtube.com/watch?v=yfQXb00uOcs&t=1s

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް