އާންމުންގެ މީހަކަށާއި ފުލުހަކަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރު - ބުނަމުންދިޔައީ "މަމީ ނަފްސާނީ ބަލި މީހެއް" ކަމަށް

ހުޅުމާލޭގައި އާންމުންގެ މީހަކަށާއި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވާގޮތުގައި ހު...

22 Nov 2024 | 14:52

ހުޅުމާލޭގައި އާންމުންގެ މީހަކަށާއި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި އެ ހާދިސާގައި އެމީހާ ފުރަތަމަ ހަމަލާދޭން އުޅުނީ އާންމުންގެ މީހަކަށެވެ. އަދި އެމީހާ ހުއްޓުވަން އުޅުނު ފުލުހަކަށްވެސް ހަމަލާދޭން މަސައްކަތްކުރިކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން އަޑުއިވޭގޮތުގައި "މަމީ ނަފްސާނީ މީހެއް" ކަމަށް އެމީހާ ބުނާ އަޑު އިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް