ޒާރާއާއި ސިޔާމްގެ ކައިވެނީގެ ވީޑިއޯލަވަ ބެލުންތެރިންނަށް ދޫކޮށްލައިފި

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގައި މީދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަހްމަދު ސިޔާމް (ސަން ސިޔާމް) އާއި އައިމިނަތު ޒާރާ (ކަމަދޫ ޒާރާ)ގެ ކައިވެނީގެ ވީޑިއޯލަވަ ސަން ސިޔާމްގެ މީޑީއާ އެސްއެ...

22 Nov 2024 | 14:33

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގައި މީދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަހްމަދު ސިޔާމް (ސަން ސިޔާމް) އާއި އައިމިނަތު ޒާރާ (ކަމަދޫ ޒާރާ)ގެ ކައިވެނީގެ ވީޑިއޯލަވަ ސަން ސިޔާމްގެ މީޑީއާ އެސްއެސް ޓީވީއިން ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އެ ވީޑިއޯލަވަ މީގެ ތިން ގަޑިއިރެއްހާއިރު ކުރިން އެސްއެސްޓީވީއިން ވަނީ ޔޫޓިއުބްގައި ޕްރިމިއަރކޮށްފައެވެ.

އެ ލަވައަކީ ހުސެއިން ސޮބާހްގެ މިއުޒިކަކަށް މުހައްމަދު ސަމީމް ހަދާފައިވާ ޅެމަކަށް ޒާރާގެ އަޑުން ކިޔާފައިވާ ލަވައެކެވެ. އެ ލަވައިގެ ވީޑިއޯ މަސައްކަތްކޮށްފައިވަނީ ގޮބިން ސްޓޫޑިއޯއިންނެވެ.

ޒާރާ ދިވެހިންގެ މެދުގައި މަގްބޫލުވެގެންދިޔައީ މިދިޔަ ބޮޑު ޢީދުތެރޭގައެވެ. ޒާރާގެ ނެށުމުގެ ހުނަރުގެ ވާހަކަ މީޑިއާތަކުގައިވެސް ފަލަ ސުރުހީގައި ގެނެސްދީފައިވެއެވެ. ނެޝަނަލް "ކްރަޝް" އަކަށް ޒާރާވެފައި އޮއްވާ ކުއްލިއަކަށް އަޑު އިވިގެންދިޔައީ ވިޔަފާރިވެރިޔާ ސިޔާމް ޒާރާއާއި ކައިވެނިބައްލަވައިގަންނަވަން ނިންމެވިކަމުގެ ޚަބަރެވެ.

ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގަތީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. ކައިވެނީގެ ރަސްމިއްޔާތާއި ހަފްލާ ކުރިއަށްގެންގޮސްފައިވަނީ ސިޔާމްގެ ރިސޯޓެއް ކަމުގައިވާ އޮޅުވެލި ރިސޯޓްގައެވެ. ޒާރާގެ އުފަން ރަށް ބ. ކަމަދޫގައިވެސް އިތުރު ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

https://www.youtube.com/watch?v=i8yoedJTlwc

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް