ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިއަދު ތިން ބޭފުޅަކު އައްޔަނުކުރައްވައިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޕީސީބީއަށް މިއަދު އައްޔަނު ކުރެއްވި ބޭފުޅުންނަކީ:
- އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު
- ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް
- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް
މި ބޯޑަކީ ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ތިން ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. ދައުލަތުގެ ކުންފުނިތަކުގެ ބޯޑު އެކުވަލާވާލާނީ ޕީސީބީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް