ފީފާ ވޯލްޑް ކަޕް 2022: މެކްސިކޯ އާއި ޕޮލެންޑް މެޗު އެއްވަރު

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީ ގައި މިރޭ މެކްސިކޯ އާއި ޕޮލެންޑް ބައްދަލުކުރި މެޗު 0-0 އިން އެއްވަރު ވެއްޖެއެވެ. ފުރަތަމަ ހާފުގައި މެކްސިކޯއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ...

22 Nov 2022 | 18:02

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީ ގައި މިރޭ މެކްސިކޯ އާއި ޕޮލެންޑް ބައްދަލުކުރި މެޗު 0-0 އިން އެއްވަރު ވެއްޖެއެވެ.

ފުރަތަމަ ހާފުގައި މެކްސިކޯއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް ވެސް ޕޮލެންޑްގެ ގޯލަށް ނުރައްކާކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ޖޯޖް ސަންޗޭޒް އޭރިޔާގެ ބޭރުން ފޮނުވާލި އެ ހަމަލާ ޕޮލެންޑްގެ ގޯލްކީޕަރު ދިފާއުކޮށް ހުރަސް ދަނޑި މަތިން ބޭރުކޮށްލީއެވެ.

ފުރަތަމަ ހާފުގައި ޕޮލެންޑަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، އެ ޓީމުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީގެ ކުޅުން ވެސް ވަރަށް ނުފެނުނެވެ.

ދެ ވަނަ ހާފު ފެށިގެން މެޗުގެ 58 ވަނަ މިނިޓުގައި ޕޮލެންޑަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެނަސް، އެ ޓީމަށް ލިބުނު ޕެނަލްޓީ ލެވަންޑޯސްކީ ފޮނުވާލިއިރު، މެކްސިކޯގެ ކީޕަރު ގުއިލެރްމޯ އޮޗޯއާ ވަނީ އެ ޕެނަލްޓީ ސަލާމަތްކޮށްފައެވެ.

ޕޮލެންޑްގެ ނާކާމިޔާބު ޕެނަލްޓީއަށްފަހު މެކްސިކޯއިން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނުނެވެ. އެހެނަސް، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އެހާ ނުރައްކާތެރި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ތަފާސް ހިސާބުތައް:

މެކްސިކޯ ޕޮލެންޑް
0 ލަނޑު 0
49% ބޯލް ޕޮޒިޝަން 32%
4 ޝޮޓް އޮން ޓާގެޓް 2
7 ޝޮޓް އޮފް ޓާގެޓް 4
287 (84%) ޕާސްތައް (ކާމިޔާބު މިންވަރު) 187 (73%)
2 ރީނދޫ ކާޑު 1
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް