ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން ބާތިލްކޮށް އޭނާ ދޫކޮށްލައިފި

މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންޓްރެކްޓް އުވާލައިފިއެވެ. ޔުނައިޓެޑުން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރުން މިހާރަށް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާ ވަ...

22 Nov 2022 | 17:57

މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންޓްރެކްޓް އުވާލައިފިއެވެ.

ޔުނައިޓެޑުން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރުން މިހާރަށް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާ ވަކިވުމަށް، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާކަމަށެވެ.

"ދެ ފަހަރެއްގެ މަތިން ކްލަބަށް ކުޅެ، 346 މެޗުން 145 ލަނޑު ޖަހާ، ކްލަބަށް ކޮށްދިން އަގު ނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާކުރަން. އަދި ރޮނާލްޑޯ އަށާއި އޭނާގެ އާއިލާއަށް ހެޔޮ މުސްތަގުބަލަކަށް އެދެން" ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑްގެ ގުޅުމަށް ނިމުމެއް އަހިސްފައިވާއިރު، މި ފަހުން ނޫހަކަށް ދިން އިންޓަވިޔުއެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ މެނޭޖްމަންޓާއި ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް