ކާމިޔާބީގެ އުފަލުގައި މާދަމައަކީ ސައުދީގައި ޗުއްޓީ ދުވަހެއްކަމުގައި ކަނޑައަޅައިފި

ވޯލްޑްކަޕްގައި ސައޫދީ އަރަބިއްޔާއިން މިއަދު ކުޅުނު މެޗުގައި ގަދަފަދަ އާޖެންޓީނާ އަތުން ސައޫދީ ޓީމު މޮޅުވުމުން ސައޫދީގައި މާދަމައަކީ ސަރުކާރު ބަންދު، ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. ސައޫދ...

22 Nov 2022 | 17:36

ވޯލްޑްކަޕްގައި ސައޫދީ އަރަބިއްޔާއިން މިއަދު ކުޅުނު މެޗުގައި ގަދަފަދަ އާޖެންޓީނާ އަތުން ސައޫދީ ޓީމު މޮޅުވުމުން ސައޫދީގައި މާދަމައަކީ ސަރުކާރު ބަންދު، ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ސައޫދީއަށް މާދަމައަކީ ބަންދު ދުވަހެއްކަމުގައި ކަނޑައެޅުއްވީ ސައޫދީ ރަސްގެފާނު ސަލްމާނެވެ. ސަރުކާރާއެކުއެކީގައި އާންމުންނަށްވެސް މާދަމައަކީ ޗުއްޓީ ދުވަހެއްކަމުގައި ރަސްގެފާނު ވަނީ ނިންމަވާފައެވެ.

ސައޫދީ ރަސްގެފާނުގެ މި ނިންމެވުމަކީ ސައޫދީ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ ލަފާފުޅާއެކު ރަސްގެފާނު ނިންމެވި ނިންވެމެއްކަމުގައި ސައޫދީ އަރަބިއްޔާގެ މީޑިއާއިން ބުނެފައިވެއެވެ.

މިއަދުގެ މެޗުގައި ސައޫދީއިން އާޖެންޓީނާގެ މައްޗަށް ކުރި ހޯދީ އާޖެންޓީނާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް