އަމީނީ މަގުގައި ތާރުއަޅަން ފަށާނީ ބިލަބޮންއާ ހަމައަށް މަސައްކަތް ނިމުމުން: އާރުޑީސީ

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި ހަމައަށް މަސައްކަތް ނިމުމުން ކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ. އަމީނީ މަގު ތަރައް...

22 Nov 2022 | 13:10

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި ހަމައަށް މަސައްކަތް ނިމުމުން ކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކުރީ މިއަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތްތަކުގެ ތެރެއިން ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ނިންމި މަސައްކަތްތަކުގެ ތެރޭގައި ފެނާ ނަރުދަމާ ހޮޅި އަޅައި، ސްޓޯމް ވޯޓަރ، ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

އެ ބަޔާނުގައި ބުނީ އަމީނީ މަގުގައި ތާރު ނާޅައި އެމަގުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ މަސައްކަތުގެ ޕްލޭން އޮޅޭ ގޮތަށް ހަގީގަތާއި ހިލާފަށް ދެކެވޭ ވާހަތަކެއް ކަމަށެވެ. އެ މަސައްކަތް މި ވަގުތު ވަނީ މަޑު ޖައްސާލާފައި ކަމަށް އާރްޑީސީއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް