ފީފާ ވޯލްޑް ކަޕް 2022: ފްރާންސް-އޮސްޓްރޭލިއާ މެޗު ޕްރިވިޔު

ފްރާންސަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ. އެ މީހުން ތަށި ދިފާއުކުރުމުގެ ދަތުރު މިރޭ ފަށާއިރު، އޮސްޓްރޭލިއާއަކީ އެ ޓީމަށް ބަލިކުރަން އުނދަގޫ ޓީމަކަށް ވާނެކަމަކަށް ނުފެނެއެވެ. މީގެ ކުރިން ވ...

22 Nov 2022 | 10:00

ފްރާންސަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ. އެ މީހުން ތަށި ދިފާއުކުރުމުގެ ދަތުރު މިރޭ ފަށާއިރު، އޮސްޓްރޭލިއާއަކީ އެ ޓީމަށް ބަލިކުރަން އުނދަގޫ ޓީމަކަށް ވާނެކަމަކަށް ނުފެނެއެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެ ޓީމު 2 ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮންމެ ބަޔަކަށް ވެސް ލިބިފައިވަނީ 1 މޮޅެވެ.

ތާރީޚް: 23 ނޮވެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: އަލް ޖަނޫބް ސްޓޭޑިއަމް

ގްރޫޕް: ޑީ

ފީފާ ރޭންކިންގ: ފްރާންސް (4)، އޮސްޓްރޭލިއާ (38)

ފްރާންސް ޓީމަށް ނަޒަރެއް:

ފްރާންސް ޓީމަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެކެވެ. އެހެނަސް، އެ ޓީމުގެ އެންމެ ފާހަގަކުރެވޭ ކުޅުންތެރިޔާއަކީ ޒުވާން ފޯވާޑް ކިލިޔަން އެމްބާޕޭއެވެ. އޭނާގެ ހަލުވި ދުވެއްޔާއި ގޯލުޖެހުމުގެ ހުނަރު ވާނީ އޮސްޓްރޭލިއާގެ ޑިފެންސަށް ބޮޑު އުނދަގުލަކަށެވެ. ފްރާންސް ޓީމު ތަށި ދިފާއުކުރަން ނުކުންނައިރު، އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ މައްސަލައެވެ. ޕޮގްބާ، އެންގޯލޯ ކާންޓޭ، ކިމްޕެމްބޭ ފަދަ ކުޅުންތެރިން އަނިޔާގައި ތިބުމުން ސްކޮޑަށް ނުވެސް ނެގިއިރު، ސްކޮޑަށް ނެގިފަހުން އަނިޔާގެ ބެންޒެމާ އާއި އެންކުންކޫ ވަނީ ސްކޮޑާ ވަކިވެފައެވެ.

އޮސްޓްރޭލިއާ ޓީމަށް ނަޒަރެއް:

މިއީ އޮސްޓްރޭލިއާ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ކުޅޭނެ 5 ވަނަ ފަހަރެވެ. އެހެނަސް، 2006 ގެ ފަހުން އެ ޓީމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނެތެވެ. އޮސްޓްރޭލިއާގައި އޮތީ ޒުވާން ޓީމެކެވެ. އެހެނަސް، އަދި ވޯލްޑް ކަޕްގައި ރަނގަޅު ކާމިޔާބެއް ހޯދޭފަދަ ޓީމެކޭ ބުނަން ދައްޗެވެ.

ފްރާންސްގެ ފޯމް:

ފްރާންސްގެ އެންމެ ފަހުގެ މެޗު ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. އެންމެ ފަހުން ކުޅުނު 5 މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. 2 ބަލިވިއިރު، އަނެއް 2 މެޗު ވީ އެއްވަރެވެ.

އޮސްޓްރޭލިއާގެ ފޯމް:

އޮސްޓްރޭލިއާ އެންމެ ފަހުން ކުޅުނު 5 މެޗުން ވެސް ވީ މޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް