ފީފާ ވޯލްޑް ކަޕް 2022: މެކްސިކޯ-ޕޮލެންޑް މެޗު ޕްރިވިޔު

ގްރޫޕް ސީ ގައި އާޖެންޓީނާ އޮވެފައި، އެ ޓީމު ދެ ވަނަ ބުރަށް ދިއުމާމެދު އެއްވެސް މީހެއްގެ ހިތުގައި ސުވާލެއް ނެތުމާއެކު، މެކްސިކޯ އާއި ޕޮލެންޑް ކުޅޭ މެޗު ވެގެންދާނީ އެ ގްރޫޕުން ދެ ވަނަ ބުރަށް ދިއުމަށް މި...

22 Nov 2022 | 09:42

ގްރޫޕް ސީ ގައި އާޖެންޓީނާ އޮވެފައި، އެ ޓީމު ދެ ވަނަ ބުރަށް ދިއުމާމެދު އެއްވެސް މީހެއްގެ ހިތުގައި ސުވާލެއް ނެތުމާއެކު، މެކްސިކޯ އާއި ޕޮލެންޑް ކުޅޭ މެޗު ވެގެންދާނީ އެ ގްރޫޕުން ދެ ވަނަ ބުރަށް ދިއުމަށް މި ދެ ގައުމު ކުރާ ހަނގުރާމައިގައި އެންމެ މުހިންމު މެޗަށެވެ. މިއީ މި ދެ ޓީމު ވޯލްޑްކަޕް 2022 ފަށާ މެޗުކަމުގައި ވިޔަސް، މި މެޗުން މޮޅުވާ ބަޔަކަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދާނެއެވެ.

މި ދެ ޓީމު މީގެ ކުރިން ވޯލްޑް ކަޕްގައި ކުރިމަތިލާފައިވަނީ އެންމެ ފަހަރަކުއެވެ. 1978 ވަނަ އަހަރުގެ މުބާރާތުގެ އެ މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޕޮލެންޑެވެ.

ތާރީޚް: 22 ނޮވެމްބަރ 2022

ގަޑި: 21:00

ސްޓޭޑިއަމް: ސްޓޭޑިއަމް 974

ގްރޫޕް: ސީ

ފީފާ ރޭންކިންގ: މެކްސިކޯ (13)، ޕޮލެންޑް (26)

ޕޮލެންޑް ޓީމަށް ނަޒަރެއް:

ޕޮލެންޑް ޓީމުގެ އެންމެ ވަރުގަދަ އެއް ބާރަކީ އެ ޓީމުގެ ފޯވާޑް ލައިންއެވެ. ހާއްސަކޮށް ރޮބާޓް ލެވަންޑޯސްކީ އެވެ. ގޯލާ ރައްޓެހި ލެވަންޑޯސްކީ މިހާރު ވެސް ހުރީ ވަރަށް ފޯމެއްގައެވެ. މިއީ ޕޮލެންޑަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އަނިޔާގެ ސަބަބުން މުހިންމު 3 ކުޅުންތެރިޔަކު ފަހު ވަގުތު ސްކޮޑުން ބާކީ ކުރަން ޖެހުނަސް، މި މެޗާ ކުރިމަތިލާއިރު، މި ވަގުތު ޕޮލެންޑް ޓީމުގައި އަނިޔާގެ މައްސަލައެއް ނެތެވެ.

މެކްސިކޯ ޓީމަށް ނަޒަރެއް:

މިއީ މެކްސިކޯ ޖެހިޖެހިގެން ވޯލްޑް ކަޕްގައި ވާދަކުރާނެ 8 ވަނަ ފަހަރެވެ. ފާއިތުވި 7 މުބާރާތުން ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިޔަ ނަމަވެސް، ހަމަ ކޮންމެ މުބާރާތެއްގައިމެ ވަކިވާން ޖެހެނީ ރައުންޑް އޮފް 16 އާ ހަމައިންނެވެ. އެކަން ބަދަލުކުރުމަށް ނުކުންނައިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ވޯލްޑް ކަޕްތަކުގައި ވިދާލާ ގޯލްކީޕަރ ގުއިލަމޯއެވެ. އެ ޓީމުގެ ފޯވާޑް ރައުލް ޖިމެނޭޒްއަށް މި ސީޒަންގައި އަނިޔާގެ މައްސަލަ ބޮޑުއިރު، ފުރަތަމަ 11 އިން ފެނިދާނެކަމާމެދު ސުވާލު އުފެދެއެވެ.

ޕޮލެންޑްގެ ފޯމް:

ޕޮލެންޑް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ، 2 ބަލިވިއިރު، 1 މެޗު ވީ އެއްވަރެވެ.

މެކްސިކޯގެ ފޯމް:

މެކްސިކޯ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވިއިރު، އަނެއް 3 މެޗުން ވީ ބައްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް