ޑޮމެސްޓިކް ދަތުރުތަކުގައި މުއްދަތު ހަމަވެފައިވާ ލިޔުން ބޭނުން ކުރެވޭނެ ފަހު ތާރީހު ކަނޑައަޅައިފި

އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ރަސްމީ ލިޔުމެއް ބޭނުން ކުރެވޭނެ ފަހު ތާރީހެއް ކަނޑައަޅައިފި އެވެ. މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓުގައި އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރެވޭ...

22 Nov 2022 | 09:16

އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ރަސްމީ ލިޔުމެއް ބޭނުން ކުރެވޭނެ ފަހު ތާރީހެއް ކަނޑައަޅައިފި އެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓުގައި އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރެވޭ ގޮތް ހެދީ ކޯވިޑް-19 އާއި ގުޅިގެން އެ ލިޔެކިޔުންތައް އާ ކުރުމަށް ދުވަސް ހޭދަވާތީ އެވެ. މިދިޔަ އަހަރު ގައުމު އާންމު ހާލަތަށް ގެނައި ނަމަވެސް އެ ގަވައިދު އުވާލާފައެއް ނުވެ އެވެ.

އެފަދަ އެންގުމެއް ރާއްޖޭގެ އެއާޕޯޓް އޮޕަރޭޓަރުންނާއި ލޯކަލް އެއާލައިން އޮޕަރޭޓަރުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް އެންގީ ޑިފެންސް މިނިސްޓްރީންނެވެ. އެ މިިނިސްޓްރީގެ ސާކިއުލާގައިވާގިތުން މުއްދަތު ހަމަވެފައިވާ ލިޔުމެއްގައި ދަތުރު ކުރެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ22 ވަނަ ދުވަހުގެ ނިޔަަލަށެވެ.

އެފަދަ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ އައީޑީކާޑު، ޕާސްޕޯޓު، ވޯކް ވިސާ ކާޑު. ލައިސަންސް ކާޑު އަދި އެއާޕޯޓް ސެކިއުރިޓީ ފާސްގެ އިތުރުން ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެވެ.

މީގެ ކުރިން އާސަންދައިންވެސް ވަނީ ސިއްހީ ހިދުމަތް ހޯދުމުގައި އައީޑީކާޑު ބޭނުން ކުރުމުގައި ދިން ލުއި އުވާލާފައި އެވެ.

އަދި ނެޝަނަލް ރެޖިސްޓްރޭޝަނުންވެސް ވަނީ މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް އާ ކުރަން އަންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް