ފީފާ ވޯލްޑް ކަޕް 2022: ޔޫއެސްއޭ އާއި ވޭލްސް ބައްދަލުކުރި މެޗު އެއްވަރު

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މިރޭ ޔޫއެސްއޭ އާއި ވޭލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މިރޭގެ މެޗު ޔޫއެސްއޭ މެޗު ފެށީ ވަރަށް ރަނގަޅަށެވެ. ޔޫއެސްއޭ އިން ގިނަ ވަގުތު ބޯޅަ ހިފަހ...

21 Nov 2022 | 21:03

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މިރޭ ޔޫއެސްއޭ އާއި ވޭލްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

މިރޭގެ މެޗު ޔޫއެސްއޭ މެޗު ފެށީ ވަރަށް ރަނގަޅަށެވެ. ޔޫއެސްއޭ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްތައް ކުރަމުން ދިޔައިރު، އެ ޓީމުން ކުޅެމުންދިޔަ ހައި ޕްރެސިންގް ގޭމުގެ ސަބަބުން، ވޭލްސްއަށް ލިބޭ ގިނަ ބޯޅަތައް ވެސް ބޭނުން ނުކުރެވި ދިޔައީ ފަސޭހައިން ގެއްލެމުންނެވެ.

ޔޫއެސްއޭ އިން ފުރަތަމަ ހާފުގައި ގޯލު ހުޅުވާލީ 36 ވަނަ މިނިޓުގައި ޓިމަޓީ ވޭއާ ޖެހި ލަނޑުންނެވެ. ވޭއާ ލަނޑު ޖެހީ ސާޖެންޓާއި ޕުލިސިޗްގެ އަވަސް ކޮމްބިނޭޝަން ކުޅުމަކަށްފަހު، ޕުލިސިޗް ވޭލްސްގެ އޭރިޔާ ތެރެއަށް ދުއްވާލި ތްރޫ ބޯޅަ ހިފައިގެން އަރައެވެ.

ދެ ވަނަ ހާފުގައި ވޭލްސް އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރިއެވެ. އެ ޓީމުން ޔޫއެސްއޭގެ އެޓޭކްތައް ހުއްޓުވުއިރު، ވަރަށް ބޮޑަށް ކުރިޔަށް ޖެހި ރަނގަޅު އެޓޭކްތަކެއް ކުރަމުން ދިޔައެވެ. ނަތީޖާއަކަށްވީ ޔޫއެސްއޭއަށް ފަހަތަށް ޖެހެން މަޖުބޫރުވުމެވެ.

ވޭލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްލީ މެޗުގެ 82 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން ގެރެތު ބޭލް ކާމިޔާބު ކޮށްދިން ޕެނަލްޓީއަކުންނެވެ. މިއީ ޔޫއެސްއޭގެ ޒިމާމޭން ބޭލްއަށް ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ، ގެރެތު ބޭލް ވޭލްސްގެ ގައުމީ ޓީމަށް ޖަހައިދިން 41 ވަނަ ލަނޑެވެ.

މެޗުގެ ފަހުކޮޅުގައި ދެ ޓީމުން ވެސް މޮޅެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ.

މެޗުގެ ތަފާސް ހިސާބުތައް:

ޔޫއެސްއޭ ވޭލްސް
1 ލަނޑު 1
47% ބޯލް ޕޮޒިޝަން 33%
1 ޝޮޓް އޮން ޓާގެޓް 3
4 ޝޮޓް އޮފް ޓާގެޓް 3
566 (87%) ޕާސްތައް (ކާމިޔާބު މިންވަރު) 405 (75%)
4 ރީނދޫ ކާޑު 2
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް