ޢިރާޤުގެ ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދިނީ އިޒްރޭލުން ކަމަށް ތުހުމަތުކޮށްފި

27 Oct 2026 | 04:30
އިރާގުގެ އަސްކަރީ އުޅަނދުތަކެއް --

އިރާގުގެ އަސްކަރީ އުޅަނދުތަކެއް --

ޢިރާޤުގެ ހަތިޔާރު ރައްކާކުރާ ތަންތަނާއި ހަނގުރާމަވެރި ނިޒާމުތަކަށް ވޭތުވެދިޔަ ހަފުތާގައި ހަމަލާދިނީ އިޒްރޭލުން ކަމަށް އެ ގައުމުން ތުހުމަތުކޮށްފި އެވެ.

އެ ހަމަލާގައި ހަލާކު ވެފައިވަނީ ޗައިނާގައި އުފައްދާފައިވާ ވައިގެ ދިފާޢީ ނިޒާމުތަކާއި އިރާގުގެ ދިފާޢީ އާލާތްތައް ރައްކާކުރާ ގުދަންތަކަށެވެ. އަދި އިރާނުން ދީފައިވަނީ ދިފާއީ އާލާތްތަކެއްވެސް ހަލާކުވި ކަމަށްވެ އެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާއިން ޢިރާޤުގެ ދެ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އިޒްރޭލުގެ ބައިވެރިވުމެއް އޮތް ކަމުގެ ހެކި ޢިރާޤުގެ ސަރުކާރަށް ލިބިފައިވެއެވެ. ނަމަވެސް ހަމަލާ ދިން ގޮތާއި، އެއީ ހަނގުރާމަވެރި ބޯޓަކުން ނުވަތަ ޑްރޯނަކުން ދިން ހަމަލާއެއްތޯ އަދި ކަށަވަރުކުރެވިފައި ނުވާ ކަމަށް ބުނެއެވެ.

އެ ހަމަލާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ހާދިސާ ހިނގި ގޮތް ޢިރާޤުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ޢިރާޤުގެ ބިމުގައި އިޒްރޭލުން ހަނގުރާމަވެރި ހަރަކާތްތަކެއް ހިންގަމުންދާ ކަމުގެ ރިޕޯޓުތައް މީގެ ކުރިން ވެސް ނުކުމެފައިވެއެވެ.

ގާތްގަނޑަކަށް ހަ މަސް ކުރިން އެމެރިކާގެ މީޑިއާތަކުން އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކުރީ، އެމެރިކާއާ ގުޅިގެން އިޒްރޭލުން ޢިރާޤުގައި ސިއްރު ހަނގުރާމަވެރި ބޭހެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެ ބޭހުގައި ޚާއްޞަ ސިފައިން ތިބި ކަމަށާއި، އެ ބޭސް ބޭނުންކުރަމުން ގެންދަނީ އިޒްރޭލުގެ އެއާފޯހަށް ލޮޖިސްޓިކް ހަބެއްގެ ގޮތުގައި ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް