މާލެއަށް ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއް - ފައިލް ފޮޓޯ: ދުވަސް
ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް ވިއްސާރަ،
ވައިގަދަ އަދި ކަނޑުގަދަ ދުވަހެއް ކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން
ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް
ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
ވައިގެ ބާރުމިނަށް ބަލާއިރު ހުޅަނގު ދެކުނާއި
ހުޅަނގުން، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް
ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް
ގަދަވާނެކަމަށް ބުނެފައިވާއިރު ހުރިހާ ފަރާތްތަކުން ޚާއްޞަކޮށް ކަނޑުދަތުރުކުރައްވާ
ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓުން މިއަދުވެސް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް