އަމިއްލަ މަންމައަށް ވަޅިން ހަމަލާދީ ފޭރުނު ދިވެހި ޒުވާނަކު ހައްޔަރު

އަމިއްލަ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ ފޭރުނު ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ހެންވޭރު އެހަޑަ، އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއ...

22 Oct 2024 | 14:06

އަމިއްލަ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ ފޭރުނު ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ހެންވޭރު އެހަޑަ، އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއިލް އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ 13 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް އިއްޔެ އިރު އޮއްސުނުހާއިރު ލިބުނު ރިޕޯޓަކަށް ފުލުހުން އެޓެންޑްވިއެވެ.

"ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވޭ، އަދި އެ އަންހެން މީހާގެ ދަރިފުޅު އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ މަރާލާނެކަމަށްބުނެ އިންޒާރުދީ ފޯނު ފޭރިގެން ގޮސްފައިވާކަމަށް ބުނި" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މުހައްމަދު އިސްމާއިލް މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށާއި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ އަންހެން މީހާގެ އުމުރަކީ 57 އަހަރެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް