ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރގެ މަގާމުން އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވަކިކޮށް އެހެން މީހަކު ހަމަޖައްސައިފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނެފައިވާގޮތުގައި ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރ ގެ މަގާމަށް އައްޔަންކޮށްފައިވަނީ އެސިސްޓަންޓް ކަމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ އެވެ.
ޝިފާން މިހާރު ބަދަލުކޮށްފައިވަނީ ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓޮރޭޓްގެ މަގާމަށް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މި ބަދަލުތަކާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިދާރާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ދަނީ ބަދަލު ގެންނަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް