ހަސަން ސަމާހު ނިޔާވި ހާދިސާއާއި ގުޅޭ އެކްސިޑެންޓްގައި ކާރު ދުއްވި މީހާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނި އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ސ. ހިތަދޫ، ވަޔަލަޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އިނީ އުމުރުން 23 އަހަރުގެ ހަސަން ސަމާހެވެ. އެ އެކްސިޑެންޓްގައި ލިބުނު އަނިޔާގައި ސަމާހް ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް