ފަލަސްތީނުން ގެއްލުނު ފުރާނައިގެ އަދަދު ފަސް ހާހާ ގާތަށް

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ގެއްލުނު ފުރާނައިގެ އަދަދު އެކު ޖުމްލަ 4،753 އަށް އަރައިފިއެވެ. އެންމެ ފަހުގެ އަދާހަމަތަކަށް ބަލާލާއިރު ޣައްޒާއިން 4،651 މީހަކު މަރުވެފައިވާއިރު ޒަ...

22 Oct 2023 | 18:40

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ގެއްލުނު ފުރާނައިގެ އަދަދު އެކު ޖުމްލަ 4،753 އަށް އަރައިފިއެވެ.

އެންމެ ފަހުގެ އަދާހަމަތަކަށް ބަލާލާއިރު ޣައްޒާއިން 4،651 މީހަކު މަރުވެފައިވާއިރު ޒަޚަމްވެފައިވާ މީހުންގެ އަދަދަކި 14،245 އެވެ.

އިޒްރޭލުން ވަޒަންވެރިވަމުން އަންނަ ހުޅަނގުބިތުން މަރުވި މީހުންގެ އަދަދު 92 އަށް އަރާފައިވާއިރު އެ ސަރަހައްދުން ޒަޚަމްވި މީހުންގެ އަދަދަކީ 1،400 އެވެ.

އިޒްރޭލުން މަރުވި މީހުންގެ އަދަދަކީ 1،405 އެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދަކީ 5،431 އެވެ.

އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނަށް އަމާޒުކޮށް މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނައިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 266 މީހަކު މަރާލާފައިވާކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އެ އަދަދުން 117 އަކީ ކުޑަކުދިން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް