ފިލައިގެން އުޅޭ މީހުން ހޯދުމުގައި ކެނެޑާއިން ޗައިނާއަށް އެހީވާތާ އަހަރުތަކެއްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ގައުމުން ބޭރުގައި ފިލައިގެން އުޅޭ ޗައިނާގެ ރައްޔިތުން ހޯދުމުގައި ކެނެޑާ ސަރުކާރުން ޗައިނާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެހީތެރިކަން ދީފައިވާ ކަން ކެނެޑާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަން (ސީބީސީ)ގެ "ދަ ފިފްތް އެސްޓޭޓް" ގެ ތަހުގީގަށް ވަނީ އެނގިފައެވެ.
މި ތަހްގީގަށް އެނގިފައިވާ ގޮތުގައި ވިޔަފާރީގެ މުއާމަލާތްތައް ބަދަލުކުރުން ފަދަ ފިޔަވަޅުތަކުން ކެނެޑާގެ އެއްބާރުލުން ދެމެހެއްޓެނިވި ގޮތެއްގައި ބެއިޖިން އަށްވަނީ ލިބިފަ އެވެ. ފިފްތް އެސްޓޭޓުން ބުނީ ކެނެޑާގައި ބައެއް ފަހަރު އެ އެހީތެރިކަން ލިބެނީ ކުއިޑް ޕްރޯ ކޯ ޑީލްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި އެ ގުޅުމުގެ ފުރަތަމަ މައުލޫމާތު ލިބިފައިވާ މީހުންގެ ތެރޭގައި ކެނެޑާއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ ދެ ސަފީރުން ވެސް ހިމެނޭ ކަމަށެވެ.
ސީބީސީގެ ދަ ފިފްތް އެސްޓޭޓް ތަހުގީގަށް އެނގިފައިވާ ގޮތުގައި ޗައިނާއިން ވަނީ ވިޔަފާރީގެ މުއާމަލާތްތައް ބަދަލުކޮށް، ގަވައިދާ ހިލާފަށް މަސްތުވާތަކެއްޗާ ދެކޮޅަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ޗައިނާގައި ހިފަހައްޓާފައިވާ ކެނެޑާގެ ރައްޔިތުން ދޫކޮށްލުމަށް މަޝްވަރާކޮށް، ކެނެޑާގެ އެއްބާރުލުން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކޮށްދީފަ އެވެ.
މޮންޓްރިއަލް، ޓޮރޮންޓޯ އަދި ވެންކޫވާގައި ޗައިނާގެ ގިނަ ޕޮލިސް ސްޓޭޝަންތަކެއް ހުރި ކަމަށް ބުނާ ވާހަކަ އޮޓާވާގެ ސިޔާސީ ފަރާތްތަކުން ވަނީ މި އަހަރުގެ ކުރީކޮޅު ކުށްވެރިކޮށްފަ އެވެ. ނަމަވެސް ކެނެޑާގައި ޗައިނާގެ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު ކެނެޑާގެ އޮފިޝަލުންނަށް މިހާރުވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ޗައިނާ ސަރުކާރުން ވަނީ "ސްކައި ނެޓާއި ފޮކްސް ހަންޓް" ގެ ނަމުން ނަންދީފައިވާ ލޯންގް އާމް ޕޮލިސް އޮޕަރޭޝަންތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ އޮފިޝަލުންނާއި އިގްތިސާދީ ކުށްވެރިން އަނބުރާ ގައުމަށް ގެނައުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
ޗައިނާ ސަރުކާރުން ބުނާ ގޮތުގައި ފިލައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ އެތައް ހާސް ބަޔަކު އަނބުރާ ޗައިނާއަށް ފޮނުވާލާފައިވަނީ ދައުވާ އުފުލުމަށެވެ.
މި ކަންކަމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައިފައިވާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ޗައިނާގައި ހެކި ހޯދުމުގައި ކެނެޑާ ސަރުކާރުން ގާނޫނުގެ ވެރިކަމާއި، އަނިޔާކުރުން ފަދަ މަޖުބޫރު ކުރުން ފަދަ ކަންކަމަށް އިހުމާލުވެފައިވާ ކަމަށެވެ. އިތުބާރު ނުކުރެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ޗައިނާއަށް މީހުން އަނބުރާ ފޮނުވާލުމަކީ މައްސަލަ ބޮޑު އަމަލެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި ސިއްރު އެއްބާރުލުމަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. ޗައިނާއިން އެންމެ ބޭނުންވި ފިލައިގެން އުޅޭ ލައި ޗަންގްޝިންގް އަނބުރާ ގައުމަށް ފޮނުވާލުމުން ކެނެޑާ އާއި ޗައިނާގެ ގުޅުމަށް ދިހަ ވަރަކަށް އަހަރު ވަންދެން ހިޔަނި އެޅުނެވެ. ލައި އެނބުރި އައުމަށް ޗައިނާއިން ކެނެޑާއަށް ޕްރެޝަރު ކުރި ނަމަވެސް ކެނެޑާގެ ގާނޫނީ މަރުހަލާއިން އޭނާ ކެނެޑާގައި މަޑުކުރުން ދިގުލައިގެން ދިޔައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ، މިކަންކަމަކީ ޤާނޫނީ، ޑިޕްލޮމެޓިކް އަދި އަޚްލާޤީ ގޮތުން ވަރަށް ބޮޑަށް ވިސްނާފައިވާ ކަންތައްތަކެއް ކަމަށްވާތީ، މިކަންކަން މިހާރަށްވުރެ ރަނގަޅަށް ބަލަންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް