ހަނގުރާމަކުރިއަސް ފަލަސްތީނުގެ ރައްޔިތުން ދިރިތިބުމުގެ ހައްގަށް އިހުތިރާމުކުރަން ޖެހޭނެ: ޖޯ ބައިޑަން

އިޒްރޭލުން ހަމާސް އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ފަލަސްތީނުގެ ކުށެއްނެތް މުސްލިމުން މަރަމުން އަންނަތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ފުރަތަމަ ފަހަރަށް ހަ...

22 Oct 2023 | 17:15

އިޒްރޭލުން ހަމާސް އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ފަލަސްތީނުގެ ކުށެއްނެތް މުސްލިމުން މަރަމުން އަންނަތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ފުރަތަމަ ފަހަރަށް ހަމަޖެހޭ އެއްޗެއް ބުނެފިއެވެ.

އެގޮތުން މިރޭ އިރު އޮއްސުނުހާއިރު ބައިޑަން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގައުމު ދިފާއު ކުރުމުގެ ހައްގަކީ އިޒްރޭލަށް އޮންނާނެ ހައްގެއް ކަމަށާއި ހަމަ އެހެންމެ ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުން އެ ރައްޔިތުން ހަމަޖެހިގެން ދިރިހުރުމުގެ ހައްގުގެ މަތިންވެސް ހަނދާން ނައްތާލެވިގެން ނުވާނެ ކަމަށެވެ.

ހަނގރާމަ އޮޕަރޭޓް ކުރާނީ ހަނގުރާމައާއި ގުޅޭ ގާނޫނުތަކަށް ބޯލަނބައިގެންކަން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއެކު ދެކެވުނު މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަމަށާއި އާންމުންގެ ރައްކާތެރިކަމަށް ކުރެވެންހުރި ކަމެއް ކުރުމަށް އިޒްރޭލުންވެސް އެއްބަސްވި ކަމަށްވެސް ޖޯ ބައިޑަން ބުނެފައިވެއެވެ.

އެހެން ނަމަވެސް ހަމަލާތައް މެދުކަނޑާލަން ބައިޑަން ގޮވާލާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް