އިންޑިއާ-ޕާކިސްތާން ގެ ބޯޑަރު ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކާޓެލްތަކުން އިންސާނުންނާއި ނުލާ އޭރިއަލް ސިސްޓަމް (ޔޫއޭއެސް ނުވަތަ ޑްރޯން) މެދުވެރިކޮށް މަސްތުވާތަކެތި ގެންދިއުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
ފަހަކަށް އައިސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުންފުނިތަކުން މަސްތުވާތަކެތި އެތެރެކުރުމަށް ޑްރޯންތަށް ބޭނުންކުރަން ފެށުމުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ވަނީ އިތުރުވެފަ އެވެ.
އިންޑިއާ-ޕާކިސްތާން ބޯޑަރު ކައިރީގައި އޮންނަ ހަރުކަށި އަދި ފަރުބަދަމަތީ ސަރަހައްދަކީ ނާކޯޓެރަރިޒަމްގެ ހަރަކާތްތަކަށް ވަރަށް ރަނގަޅު މާހައުލެއް ފޯރުކޮށްދޭ ސަރަހައްދެއް ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ސަރަހައްދުގެ ޗެލެންޖިން ޖިއޮގްރަފީގެ ބޭނުން އެމީހުންގެ ފައިދާއަށް ދަނީ ހިފަމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބޯޑާ ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3.213 ކިލޯގެ ޕެލޯޑް ހިފައިގެން ދިޔަ ޑްރޯންއެއް ތާރަން ތަރަން ޑިސްޓްރިކްޓްގެ ދަލިރީ ވިލެޖުގެ ބޭރުން ވަނީ އަތުލައިގެންފަ އެވެ.
ޕަންޖާބުގެ ބޯޑަރު ސަރަހައްދުތައް ކަމަށްވާ ފާޒިލްކާ، ފީރޯޒްޕޫރު، ތަރަން ތަރަން، އަމްރިތުސަރު އަދި ގުރްދާސްޕޫރުގެ ބޯޑަރު ސަރަހައްދުތަކުގައި ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ޑްރޯން ވަދެއެވެ. މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހަތަރު ޑްރޯން ވަނީ ފެނިފަ އެވެ.
ޑްރޯން އޮޕަރޭޝަންތަކަކީ ޕާކިސްތާނުގެ އެސޯސިއޭޓުން ހިންގާ ޑްރޯންތަކަކަށް ވާއިރު، މި ޑްރޯންތަކަކީ ޗައިނާ އަށް ނިސްބަތްވާ ޑްރޯންތަކެކެވެ. މެޓްރިކްސް އަކީ 20 ކިލޯމީޓަރު ދުރުން ފެންނަ ލައިވް ވީޑިއޯ ޓްރާންސްމިޝަން ސިސްޓަމަކާއި، 55 މިނެޓުގެ އުދުހުމުގެ ވަގުތަށް "އެފިޝިއަންޓް ބެޓެރީ" އަދި އެއްފަހަރާ ހަތަރު ޕެލޯޑް އުފުލޭނެ "ހަރުދަނާ" ކޮމްޕެޓިބިލިޓީއެއް ހިމެނޭ "ނެކްސްޓް ޖެނެރޭޝަން ޑްރޯން" އެކެވެ.
އަތުލައިގަތް ޑްރޯންތަކުގެ ފްލައިޓް ޑޭޓާއިން އެނގޭ ގޮތުގައި އެ ޑްރޯންތަކަކީ ހަމައެކަނި ޕާކިސްތާނުގެ ތެރޭގައި އޮޕަރޭޓްކުރަމުން އައި ޑްރޯންތަކެއް ނޫން ކަމަށްވާއިރު، އެ ޑްރޯންތައް ޗައިނާގައި ވެސް އުދުހިފައިވާ ކަމަށް ބެލެވެއެވެ.
ޑްރޯންތަކުގައި ހިމެނޭ އެމްބެޑެޑް ޗިޕްގައި ޗައިނާގެ ސަރަހައްދާއި އޭގެ ފަހުން ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ޚާނޭވާލްގައި ވައިގެ މަގުން އެ މީހުން ތިބިކަން އަންގައިދޭ ކޯޑިނޭޓްތައް ހިމެނެ އެވެ.
ހަތިޔާރާއި މަސްތުވާތަކެތި ބޯޑަރު ހުރަސްކޮށް ޑެލިވަރީ ކުރުމުގައި މަތީ ފެންވަރުގެ ޑްރޯންތައް ބޭނުންކުރުމަކީ ކުށްކުރާ ގޭންގުތަކުގެ ކެޕޭސިޓީން ބޭރުގައި ހިނގަމުންދާ ކަމެކެވެ. އެކަން ހިނގަމުން ދަނީ އެކްޓިވް ސްޓޭޓް ސްޕޮންސާޝިޕާއެކު ކަމަށެވެ.
މަސްތުވާތަކެތީގެ ބާވަތްތަކާއި އެތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި ހަތިޔާރު ޑެލިވަރީކުރުމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިއާއި، ހަތިޔާރު ޓްރެފިކްކުރުމާއި، ޓެރަރިޒަމާއި، މީހުން މެރުމުގެ ޢަމަލުތައް ވަރަށް ބޮޑަށް ހައިބްރިޑްވެގެން ހިނގައްޖެއެވެ.
ޓެރަރިޒަމާއި މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން ގާނޫނާ ހިލާފަށް ހިންގާ ތަފާތު ހަރަކާތްތައް މިހާރުވެސް ހިންގަމުން އަންނަ މި ބޯޑަރު މިހާރު ވެސް ދަނީ ރައްކާތެރިކުރުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.
އިތުރުވަމުންދާ މި ނުރައްކަލުން އަރައިގަތުމަށް ބޯޑަރުގެ ދެފަރާތުގެ ސަލާމަތީ އިދާރާތަކުން ދަނީ ޑްރޯން ބޭނުންކޮށްގެން ހިންގާ ނާކޮޓެރަރިޒަމް ދެނެގަނެ ހުއްޓުވުމަށް ޓަކައި ކައުންޓަރމޭސަރތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގެ މަސައްކަތް ވަރުގަދަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް