ބޯޑަރު ފެންސު މަރާމާތު ކުރަން ޣައްޒާ ބިމަށް ވަތްން އިޒްރޭލު ފައުޖެއް ބިރުން ދުވެ ފިލައިފި !

ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހިނދުން ހިނދަށް ކަވަރު ކުރަމުން އަންނަ އަލް ޖަޒީރާއިން ބުނެފައިވަނީ ތިރީގައިވާ އިބާރާތުންނެވެ. "ޣައްޒާގެ އިން ވަކިކުރާ ފެންސެއް މާރާމާތު ކުރަން އުޅުނު އިޒްރޭލު ސިފަ...

22 Oct 2023 | 16:39

ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހިނދުން ހިނދަށް ކަވަރު ކުރަމުން އަންނަ އަލް ޖަޒީރާއިން ބުނެފައިވަނީ ތިރީގައިވާ އިބާރާތުންނެވެ.

"ޣައްޒާގެ އިން ވަކިކުރާ ފެންސެއް މާރާމާތު ކުރަން އުޅުނު އިޒްރޭލު ސިފައިންތަކެއް ދުވެ އަލުން އަނބުރާ އިޒްރޭލަށް ގޮސްފި" ކަމަށެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މިކަން ހިނގީ މީގެ ގަޑިއެއްހާއިރު ކުރިން ކަމަށާއި ޣައްޒާ ބިމަށް ނުވަތަ ޣައްޒާ ބިމާއި ގާތަށް އެމީހުން ދިޔައީ އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސް އާއި ޣައްޒާގެ މުސްލިމުން ހަލާކުކޮށްލި ފެންސުގެ ބައެއް މަރާމާތު ކުރަން ކަމަށެވެ.

ހަމަ ވަނުމާއެކު ހަމަލާތައް ކެތް ނުކުރެވޭވަރަށް އަމާޒުވުމުން އެ ހަމަލާތަކަށް ކެތް ނުކުރެވި، ޖާނުގެ ސަލާމަށް އިޒްރޭލުގެ ފައުޖު ދުވެ އަލުން އިޒްރޭލަށް ދިޔައީ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާއަކީ ޣައްޒާ ބިމަށް ވަދެގަންނަން އިޒްރޭލަށް ފަސޭހަ ނުވާނެ ކަމުގެ މިސާލެއް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް