ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރަކީ ކުޅޭ ކުޅޭ އެއްޗަކަށް ނުހެދޭނެ ކަމުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވެފައިވަނީ "ނަޝީދު ވަކި ކުރުމގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް މަޖިލީހުގައި އެޖެންޑާ ކޮށްފި" މި ސުރުހީގައި އަދަދު ނޫހުގައި ލިޔެފައިވާ ޚަބަރު އެކްސްގައި ޕޯސްޓުކުރައްވަމުންނެވެ.
އަލީ އާޒިމް ވިދާޅުވެފައިވަނީ އެކަން ކުރަނީ ގަވާއިދާއި ޚިލާފަށް ކަމަށެވެ.
"ކުޅޭ ކުޅޭ ކުޅިވަރެއްގެ ގޮތުގައެއް ނުހެދޭނެ، އިއްޔެ އިތުބާރު ނެތް ޖެހިގެން އައި ހަފްތާގައި އިތުބާރު އެބަ އޮތް، އަނެއް ހަފްތާގައި އިތުބާރު ނެތް" އަލީ އާޒިމް ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި މިއީ ދެވަނަ ފަހަރެވެ.
ފުރަތަމަ ފަހަރު އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަށް ބަލައި ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށެވެ. އެހެންނަމަވެސް އެކަން އެ މަގުން ހިނގާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް