އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ބިމާ ހަމަވެފައިވާ މިސްކިތްތަކުގެ އަދަދު 31 އަށް އަރާފައިވާކަމުގެ ޣައްޒާގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި އޭގެ ތެރެއިން ހަ މިސްކިތެއް ބިމާ ހަމަކޮށްލާފައިވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކަމަށެވެ.
އިޒްރޭލުން ހަމަލާތައް ދެމުން އަންނައިރު މިސްކިތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ބޭކަރާއި ތަކާއި އާއްމު ގެތައްވެސް ހިމެނެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވައިގެ ހަމަލާތައް އިޒްރޭލުން އިތުރުކޮށްފައިވާއިރު ޣައްޒާގެ ރައްޔިތުން އުތުރު ދޫކޮށް ދެކުނަށް ދިއުމަށްވެސް އިޒްރޭލުން އަންނަނީ މެދު ނުކެނޑި އަންގާ އިންޒާރު ދެމުންނެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 4،651 އަށް އަރާފައެވެ. މީގެ އިތުރުން އިޒްރޭލު ރައްޔިތުން ވަޒަންވެރިކުރުވުމަށް ފޭރިގެންފައިވާ ހުޅަނގުބިތުގެ ސަރަހައްދުންވެސް ފަލަސްތީނަށް ނިސްބަތްވާ 90 މީހަކު މަރާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް