މިދިޔަ މަހު ފެމިލީ ކޯޓުގައި ކޮށްފައި ވަނީ 131 ކައިވެންޏާއި 97 ވަރި

މިދިޔަ މަހު ފެމެލީ ކޯޓުގައި ކޮށްފައި ވަނީ 131 ކައިވެންޏާއި 97 ވަރި ކަމަށް އެ ކޯޓުގެ ތަފާސްތހިސާބުތަކުން ދައްކައިފިއެވެ. ފެމެލީކޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެ ކޯޓަށް ހުށަހަޅާފައި ވަ...

22 Oct 2023 | 06:48

މިދިޔަ މަހު ފެމެލީ ކޯޓުގައި ކޮށްފައި ވަނީ 131 ކައިވެންޏާއި 97 ވަރި ކަމަށް އެ ކޯޓުގެ ތަފާސްތހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީކޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެ ކޯޓަށް ހުށަހަޅާފައި ވަނީ ޚަރަދުވެ ނުވަ މައްސަލައެވެ. އަދި ގެވެށި އަނިޔާއާ ގުޅޭ ހަތް މައްސަލައާއި އާއިލި އެހެނިހެން 12 މައްސަލައެވެ.

އޭގެ އިތުރުން، ވަރީގެ 119 މައްސަލަ މިދިޔަ މަހު ހުށަހަޅާފައި ވާއިރު، ކުދިންނާ ގުޅުންހުރި 10 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހު ވަރި ކުރުމަށް އެދި 29 މައްސަލަ ހުށަހަޅާފައި ވާއިރު، ވަރިވުމަށް އެދި ހުށަހަޅާފައި ވަނީ 51 މައްސަލައެވެ. ޙަރަދުގެ ތެރެއިން، ސާބިތު ޚަރަދުގެ މައްސަލައަކާއި ދަރިންގެ ޚަރަދު ކެނޑުމުގެ ފަސް މައްސަލައެއްގެ އިތުރުން ދަރިންގެ އެހެނިހެން ޚަރަދު ހޯދުމަށް އެއް މައްސަލަ ހުށަހަޅާފައި ވާއިރު، ދަރިންގެ ޚަރަދުގެ ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އާއިލީ އެހެން މައްސަލަތަކުގެ ތެރެއިން ޙުުކުމް ތަންފީޒު ކުރުމަށް ފަސް މައްސަލައަކާއި އެހެނިހެން އާއިލީ މައްސަލަތަކުގެ ތިން މައްސަލައެއް ފެމެލީ ކޯޓަށް މިދިޔަ މަހު ހުށަހަޅާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް