ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލު ކޮށްފިއެވެ. މަޖިލީހުން އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ. އަދި އެ މައްސަލައިގައި 14 ...

22 Oct 2023 | 06:07

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލު ކޮށްފިއެވެ.

މަޖިލީހުން އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ. އަދި އެ މައްސަލައިގައި 14 ދުވަހުގެ ނޯޓިސްއެއްދީ، މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރުމަށްފަހު މިހާރު ވަނީ މެމްބަރުންނަށް އަންގާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް އެމްޑީޕީން މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އޭރު މަޖިލިސް ރައީސްއާއި ނައިބުރައީސްގެ މައްސަލަ އެކުއެކީ މަޖިލީހަށް ހުށަހެޅުމުގެ ސަބަބުން މައްސަލަ އަނބުރާ ނެގީއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ މަގާމުން ވަކި ކުރެވޭނީ ޖުމުލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުނޫން އަދަދެއްގެ މެމްބަރުން ސޮއިކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް