މިއަދުވެސް އިޒްރޭލުން މިސްކިތަކަށް ހަމަލާދީފި ބަޔަކު މަރާލައިފި !

ފަލަސްތީނުގެ މިސްކިތަކަށް އިޒްރޭލުން ހަމަލާއެއްދީ ބަޔަކު މަރާލައިފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ޖެނިން ރެފިއުޖީ ކޭމްޕް ސަރަހައްދުގެ އަލް އަންސާރު މިސްކިތަށެވެ. ފަތިހު ދިން އެ ހަމަލާގައި މަރުވި މީހ...

22 Oct 2023 | 02:51

ފަލަސްތީނުގެ މިސްކިތަކަށް އިޒްރޭލުން ހަމަލާއެއްދީ ބަޔަކު މަރާލައިފިއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ޖެނިން ރެފިއުޖީ ކޭމްޕް ސަރަހައްދުގެ އަލް އަންސާރު މިސްކިތަށެވެ.

ފަތިހު ދިން އެ ހަމަލާގައި މަރުވި މީހުންގެ އަދަދާއިމެދު އަދި ސުވާލު އުފެދެއެވެ.

ފަލަސްތީނުގެ ސިއްހަތާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ އެ ހަމަލާގައި މަރުވީ އެކަކު ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލު ސިފައިން ބުނަނީ އެ ހަމަލާގައި ގިނަ ބަޔަކު މަރާލެވުނު ކަމަށެވެ. އަދި އެ މިސްކިތަކީ ހަމާސް އާއި އިސްލާމިކް ޖިހާދުން ހަމަލާތައް ރާވަން ބޭނުންކުރަމުންދިޔަ ކޮމާންޑު ސެންޓަރެއްގެ ގޮތުގައި އިޒްރޭލުން ސިފަކޮށްފައިވެއެވެ.

ޖެނިން ރެފިއުޖީ ކޭމްޕަކީ 14 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރެފިއުޖީ ކޭމްޕެކެވެ.

މި ހިނގާ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން މަރުވި މީހުންގެ އަދަދު ވަނީ 4،385 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް