ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މާލެ އަތޮޅު ހިމެނޭހެން ހަ އަތޮޅަކަށް ހުދު ސަމާލު !

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ އަ...

22 Oct 2023 | 01:13

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ އަތޮޅު ތަކަށެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:30 އިން ހެނދުނު 11:30 އާއި ދެމެދުގެ ވަގުތަށެވެ.

މެޓުން މި ސަމާލު ނެރެފައިވާއިރު މިއަދު އުތުރާއި މެދުރާއްޖެއަށް ވިއްސާރަކަމަށް މެޓުން ބުނެފައިވެއެވެ. އެހެން ނަމަވެސް ދެކުނަށް މޫސުން ރަނގަޅުވާނެ ކަމަށްވެސް މެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް