ޔަމަނާއި އޮމާނާއި ދިމާއަށް ދަތުރުކުރަމުން އަންނަ ތޫފާން "ތޭޒް" ގެ ބާރު އިތުރަށް ގަދަވެ ދަރަޖަ މަތިކޮށްފި !

އަރަބި ކަނޑުގައި އުފެދި ޔަމަނާއި އޮމާނުގެ އައްސޭރިއާއި ދިމާއަށް ދަތުރުކުރަމުން އަންނަ ތޫފާން "ތޭޒް" ގެ ބާރު އިތުރަށް ގަދަވެ، ދަރަޖަ "ޓްރޮޕިކަލް ސްޓޯމް" ގެ ދަރަޖައިން "ޓްރޮޕިކަލް ސައިކްލޯން" ނުވަތަ "ހަ...

22 Oct 2023 | 00:55

އަރަބި ކަނޑުގައި އުފެދި ޔަމަނާއި އޮމާނުގެ އައްސޭރިއާއި ދިމާއަށް ދަތުރުކުރަމުން އަންނަ ތޫފާން "ތޭޒް" ގެ ބާރު އިތުރަށް ގަދަވެ، ދަރަޖަ "ޓްރޮޕިކަލް ސްޓޯމް" ގެ ދަރަޖައިން "ޓްރޮޕިކަލް ސައިކްލޯން" ނުވަތަ "ހަރިކޭން" އެއްގެ ފުރަތަމަ ސްޓޭޖްގެ ދަރަޖައަށް މަތިވެފައިވާކަމުގައި އޮމާނުން ބުނެފިއެވެ.

އެގޮތުން އޮމާން އިން ބުނެފައިވާގޮތުގައި އެ ގައުމުގެ ކަމާއިބެހޭ އިދާރާތަކުން ވަނީ މި ތޫފާނާއި ގުޅޭގޮތުން އިތުރަށް ތައްޔާރުވުމަށް ބައްދަލުވުމެއް އިއްޔެ ބާއްވާފައެވެ. އަދި މި ތޫފާނުގެ އަސަރު އޮމާނުގެ ދޯފަރު ގަވަރުނޭޓަށާއި އަލް ވުސްތާ ގަވަރުނޭޓަށް ފޯރާނެކަމަށް އަންދާޒާކުރެއެވެ.

ޔަމަނަށް ބަލާނަމަ މި ތޫފާން ފޯރާނެ ކަމަށް ބެލެވެނީ ޔަމަނުގެ އަލް މަހްރަން ގަވަރުނޭޓުގެ އަލް ގޭދާ ސިޓީއަށެވެ.

ފަސްޓް ޑިގްރީ ހަރިކޭނެއްގެ ދަރަޖައަށް މި ތޫފާން މަތިވެފައިވާއިރު ހަރިކޭންތައް ދަރަޖަ ކުރަނީ ފަސް ދަރަޖައެއްގައެވެ. އޭގެ ތެރެއިން އެއްވަނަ ދަރަޖައަށް ބަލަނީ ވައިގެ ބާރުމިން ގަޑިއަކު 74 މޭލާއި ގަޑިއަކު 95 މޭލާއި ދެމެދުގެ ބާރުމިނަށް އެރުމުންނެވެ. މި ބާރުމިނަކީ ގޭގޭގެ ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާހާ މިންވަރަށް ވައި ގަދަވާ ގަދަވުމެވެ.

ސަރަހައްދީ މޫސުމާއި ބެހޭ އިދާރާއިން ބުނާގޮތުގައި ތޫފާން ތޭޒް ޔަމަނާއި އޮމާންގެ އައްސޭރިއަށް ފޯރާނެކަމަށް ބެލެވެނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް