ގަތަރުގައި ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލުމުގެ ފުރުސަތު އުރީދޫއިން

އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ވަނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ހަތަރު ނަސީބުވެރިއަކަށް ހުޅުވާލާފައެވެ. އޮގަސ...

22 Oct 2022 | 17:11

އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ވަނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗު ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ހަތަރު ނަސީބުވެރިއަކަށް ހުޅުވާލާފައެވެ.

އޮގަސްޓް މަހު އިއުލާނުކުރި ލަކީ ޑްރޯ 31 އޮކްޓޯބަރު 2022 ގެ ނިޔަލަށް ހަމަވާއިރު، އުރީދޫގެ މިހާރުގެ އަދި އަލަށް ގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ މި ފުރުސަތު ހުޅުވާލައިފައެވެ.

ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ކޮންމެ ހަފުތާއަކު 10 ނަސީބުވެރިންނަށް ދެމުންނެވެ.

ރާއްޖޭގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އުރީދޫ މޯލްޑިވްސް އިން ވަނީ، މުޅި ރާއްޖެއަށް 4ޖީ+ ނެޓްވޯކް ކަވަރޭޖްގެ އިތުރުން ދާދި ފަހުން މާލެ، ހުޅުމާލެ ފޭސް 1، ވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް 5ޖީ ކަވަރޭޖް ފުޅާކޮށް، އާބާދީގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ މަގު ވެސް ފަހިކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް