އަފްގާނުގެ ތާލިބާނުންނާއި ޕާކިސްތާނުގެ އަސްކަރިއްޔާއާއި ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި އަންހެނަކު މަރުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު މި ކުރިމަތިލުން ހިނގާފައިވަނީ އަފްގާނިސްތާނުގެ ދެކުނުގެ ކަންދަހާރު ޕްރޮވިންސްގައެވެ.
ތާލިބާނުން ބުނަނީ ފުރަތަމަ ހަމަލާ ދިނީ ޕާކިސްތާނުގެ ސިފައިން ކަމަށާއި ތާލިބާނުން ދިނީ ރައްދު ހަމަލާ ކަމަށެވެ. އަދި ދެ ފަރާތުންވެސް ހަމަލާތައް ދިނުމުގައި ބޭނުންކުރީ މޮޓަރު ބަޑި ފަދަ ބަރު ހަތިޔާރުކަމަށްސް ބުނެފައިވެއެވެ. އަދި އަފްގާނަށް ނިސްބަތްވާ އަންހެނަކު މަރުވީ ޕާކިސްތާނު ސިފައިން ދިން ހަމަލާއެއްގައި ކަމުގައިވެސް އަފްގާނުން ބުނެއެވެ.
ތާލިބާނުންނާއި ޕާކިސްތާނާއި ދެމެދުގެ މަސްރަހު ހޫނުވެފައިވާއިރު އެންމެ ބޮޑަށް މަސްރަހު ހޫނުވަނީ ޕާކިސްތާނާއި އަފްގާނު ގުޅޭ ސްޕިން ބޯލްޑަކް ބޯޑަރު ސަރަހައްދުގައެވެ. އެ ސަރަހައްދުގައި މި ފަހުން ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް އަންނަނީ ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް