އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެއްޖެއެވެ.
ނޮޓިންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ 0-1 ންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހަން ލިވަޕޫލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ފެނުނީ ފަހު ހާފުގައެވެ. ފަހު ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ނޮޓިންހަމުން ލަނޑުޖަހާ މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓައިވޯ އެވަޔުނީއެވެ.
މި ނަތީޖާއާއި އެކު ކުޅުނު 12 މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ފޮރެސްޓު އޮތީ ލީގުގެ 19 ވަނާގައެވެ. ލިވަޕޫލް އޮތީ ތާވަލްގެ ހަތްވަނާގައެވެ. އެއީ އެ ޓީމު ކުޅުނު 11 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް