ސަލްމާން ހާނަށް ޑެންގީ ހުންޖެހި ވަރަށް ބޮޑަށް ބަލިވެއްޖެ

އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް16" ހުށަހަޅައިދޭ ބޮލީވުޑްގެ ސުޕާ ހާން ސަލްމާން ހާނަށް ޑެންގީ ހުން ޖެހިއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ޑެންގޫ ޖެހިގެން ސަލްމާން ވަރަށް ބޮޑަށް ވަނީ ބަލިވެފައި އެވެ. އ...

22 Oct 2022 | 14:31

އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް16" ހުށަހަޅައިދޭ ބޮލީވުޑްގެ ސުޕާ ހާން ސަލްމާން ހާނަށް ޑެންގީ ހުން ޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޑެންގޫ ޖެހިގެން ސަލްމާން ވަރަށް ބޮޑަށް ވަނީ ބަލިވެފައި އެވެ. އެހެންވެ ޑޮކްޓަރުންގެ ޓީމަކުން ދަނީ ވަރަށް ގާތުން އޭނާގެ ހާލަތު ބަލަމުންނެވެ.

އަދި ހޮސްޕިޓްލަގައި އެޑްމިޓް ކުރަން ޖެހިދާނެތީ މިވަގުތު ގޭގައި އޮބްޒަވޭޝަންގައި ބާއްވައިގެން ދަނީ ފަރުވާ ދެމުންނެވެ.

ސަލްމާންގެ ސަޕޯޓަރުން އެންމެ ދެރަވެގެން އުޅެނީ ސަލްމާން ބަލިވުމުގެ އިތުރުން އޭނާއަށް މި ހަފްތާ ބަންދުގައި "ބިގް ބޮސް 16" ގެ ވީކެންޑް ކާ ވާރް ހުށަހަޅައި ނުދެވޭނެތީ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ހަފްތާއިން ފެށިގެން ސަލްމާން ރަނގަޅު ވަންދެން އެ އެޕިސޯޑުތައް ހުށަހަޅައިދޭނީ ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރެވެ.

https://www.instagram.com/p/Cj_GAPfjaVj/

ކަރަން މިކަމަށް އެއްބަސްވެފައިވާއިރު މިހާރު އެ ޝޯ ދައްކާ ކަލާޒްއިން ދަނީ ކަރަން ފެންނަ އިޝްތިހާރު ދައްކަމުންނެވެ. އެނގިފައިވާ ގޮތުގައި ކަރަން މި ޝޯ ހުށަހަޅައިދޭކަން މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ. އެކަމަކު ސަލްމާންގެ އެދުމަށް ފުރަގަސް ދެވެން ނެތުމުން އެއްބަސްވީ ކަމަށްވެ އެވެ.

އެއީ1998 ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ފިލްމު "ކުޗް ކުޗް ހޯތާހޭ" ގައި ސަލްމާން ފެނިގެންދިޔަ ބައި އޭނާ ކުޅެދިނީ އެބައި ކުޅެން އެއްވެސް ތަރިއަކު ނުވެގެން ކަރަން އުޅެން ފެށުމުންނެވެ.

ސަލްމާން ރަނގަޅުވާން އަދި ދެތިން ހަފްތާ ވަރު ވާނެ އެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ސަލްމާން ނެތުމުން ޝޯއަށް ވަރަށް ބޮޑު ފަޅުކަން އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް