ޒުވާނުންނަށް ކަންތައްތައް ކޮށްދިނީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގައި ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފް ކޮށްދެއްވި ކަންކަން ކޮށްދެއްވީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދުނުމަށް ކަމަށެވެ.
އެގޮތުން ހިލޭ ޑިގްރީއާ ސްކޮލަޝިޕް ފުރުސަތުތަކާއި މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާއި ކުޅިވަރު ދަނޑުތައް އަދި އެސްއެމްއި ލޯނުތައް ތައާރަފް ކުރެވިފައިވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
https://twitter.com/ibusolih/status/1583724864451796994
ގައުމީޒުވާނުންގެ ދުވަސް އޮކްޓޯބަރު22 ވަނަ ދުވަހު ފާހަގަ ކުރަން ފެށީ2019 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް