ސިނގިރޭޓު ފޮށިތަކެއް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށް

މާލޭގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ސިނގަރޭޓު ފޮށިތަކެއް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން  މިދިޔަ ބުދަ ދުވަހު ހުކުމް ކޮށްފިއެވެ. ފިހާރައަކުން 14 ސިނގަރޭޓު ފޮށްޓާއި ...

22 Oct 2022 | 12:33

މާލޭގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ސިނގަރޭޓު ފޮށިތަކެއް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން  މިދިޔަ ބުދަ ދުވަހު ހުކުމް ކޮށްފިއެވެ.

ފިހާރައަކުން 14 ސިނގަރޭޓު ފޮށްޓާއި 450 ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ދައުވާކޮށް ހަތް މަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ގއ. ކޮލަމާފުށީ ނަސީމީގޭ އަހުމަދު އާރިފްގެ މައްޗަށެވެ.

މި މައްސަލައިގައި އާރިފްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ:

  • ވައްކަމުގެ ދައުވާއާއި
  • ދޮރު ހަލާކު ކޮށްލައިގެން ފިހާރައަށް ވަދެފައިވާތީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި
  • ވަގަށް ފިހާރައަށް ވަދެފައިވާތީ ގަސްތުގައި ހުއްދަ ނޫން ތަނަކަށް ވަންކަމުގެ ދައުވާއެވެ.

އާރިފް ވަނީ މި ތިން ދައުވާއަށް ވެސް ކޯޓުގައި އިއުތިރާފު ވެފައެވެ.

އޭނާ ކުށަށް އިއުތިރާފު ވެފައިވާތީ ވައްކަމުގެ ދައުވާއަށް އައިސްފައި ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ނުވަ ދުވަހުގެ ޖަލު ހުކުމަކާއި ހުއްދަ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް