ދިރާގުގެ އަޕްގްރޭޑަޑް 'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮންއާއިއެކު ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ އޮފަރ އެއް ތައާރަފް ކޮށްފި އެވެ.
މި އައު އޮފާރއާއި އެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު 8ޖީބީ ޑެއިލީ ޑޭޓާ – ހަމަ އެންމެ 745 ރުފިޔާއަށް ލިބޭނެ އެވެ.
މަހަކު ޖުމްލަ 240ޖީބީ ލިބޭ މި 'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S2GB30’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެ އެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
އިތުރު މައުލޫމާތު: އިން ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް