އަނިޔާވެރިކަން ހައްދު ފަހަނަ އަޅައި ދިޔުމުގެ ސަބަބުން، އިޒްރޭލުގެ އުފެއްދުންތައް ގަތުން އިބްރާ ހުއްޓާލައިފި

އިޒްރޭލުން ދެންދާ އަނިޔާތައް އިންތިހާއަށް ދިޔުމުގެ ސަބަބުން، އެ ޤައުމުގެ އެއްވެސް އުފެއްދުމެއް ނިންމައިފި ކަމަށް މަންދު ކޮލުޖުގެ ބާނީ އަދި ވެރިކަން ކުރާ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ...

22 Oct 2022 | 09:19

އިޒްރޭލުން ދެންދާ އަނިޔާތައް އިންތިހާއަށް ދިޔުމުގެ ސަބަބުން، އެ ޤައުމުގެ އެއްވެސް އުފެއްދުމެއް ނިންމައިފި ކަމަށް މަންދު ކޮލުޖުގެ ބާނީ އަދި ވެރިކަން ކުރާ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޒްރޭލުގެ އެއްވެސް އުފެއްދުމެއް ނުގަންނަން ނިންމި ކަމަށާއި އެކަމުގައި އޭނާއާއެކު ބައިވެރި ވާނީ ކާކުތޯ ވެސް އައްސަވާފައެވެ.

"އެމީހުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮއްސި. މިހާރު އެކުރާ ކަމަކީ، ފަލަސްތީނުގެ ޒައިތޫނި ދަނޑުތަކުން ގޮވާންކުރަންދާ މީހުން ހުއްޓުވަނީ. ކުޑަކުދިންނަށް އަނިޔާ ކުރަނީ" އިބްރާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިންތަކުގެ ދަހިވެތި ކަމުގައި އެތައް އަނިޔާއެއް އެ ޤައުމުގެ ރައްޔިތުންނަށް ދެމުން އަންނަ އިޒްރޭލުން ދާދި ފަހުން ވަނީ ފަލަސްތީނުގެ ހުވާރާ ސެކަންޑަރީ ބޯއިސް ސްކޫލަށް ވެސް ގަދަކަމުން ވަދެ، އެތަނުގެ ބައެއް މުވައްޒަފުންނަށާއި ދަރިވަރުންނަށް ހަމަލާ ދީފައެވެ. އަދި އެތަނުގައި ހުރި ބައެއް މުދާތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް