އަންޑަމަން ކަނޑުގެ އުތުރުން ބަންގާޅު ކަނޑާއި ގުޅޭ ހިސާބުގައި މީގެ ދެ ދުވަސްކުރިން އުފެދުނު ލޯ ޕްރެޝަރު އިތުރަށް ބާރުގަދަވެ ކޮޅިގަނޑަކަށް ބަދަލުވެއްޖެއެވެ.
މިކަން ހާމަކޮށް، ސަރަހައްދީ މޫސުމީ އިދާރާއިން ބުނެފައިވަނީ މި ކޮޅިގަނޑު ދަތުރުކުރަމުންދަނީ ބަންގްލަދޭޝް އާއި ދިމާއަށް ކަމަށެވެ. އަދި މާދަމާގެ ފަތިހުގެ ވަގުތެއްގައި މި ކޮޅިގަނޑު، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، މާދަމާގެ އިރު އޮއްސޭ ހާއިރު ތުފާނަކަށް ބަދަލުވާނެކަމުގައިވެސް ބުނެފައިވެއެވެ. ތުފާނަކަށް ބަދަލުވާއިރު ބަންގްލަދޭޝްގެ އައްސޭރިއާއި ހަމައަށް ފޯރުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
މި ތޫފާނަށް ދޭނެ ނަމަކީ ތޫފާން ސިތުރަންގް އެވެ. މިއީ ތައިލެންޑުން ދީފައިވާ ނަމެކެވެ. ތޫފާން ސިތުރަންގް ވެގެންދާނީ މި ސަރަހައްދުގައި މި އަހަރު އުފެދޭ ދެވަނަ ތޫފާނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް