ޑރ. މުހައްމަދު އަލީ ވަޑައިގެންނަވާނެ އަތޮޅެއް ކަނޑައެޅުމުގެ ފުރުސަތު، ވަރަށް ފޯރިގަދަ!

އެތެރެ ހަށީގެ މަޝްހޫރު ޑޮކްޓަރު މުހައްމަދު އަލީ ފަރުވާ ދިނުމަށް ވަޑައިގެންނަވާނެ އަތޮޅެއް ކަނޑައެޅުމުގެ ފުރުސަތު ސޯޝަލް މީޑިއާ ނެޓްވޯކް، ފޭސްބުކް މެދުވެރިކޮށް ހުޅުވާލައިފި އެވެ. ޑރ. މުހައްމަދު އަލީ އަ...

22 Oct 2022 | 08:54

އެތެރެ ހަށީގެ މަޝްހޫރު ޑޮކްޓަރު މުހައްމަދު އަލީ ފަރުވާ ދިނުމަށް ވަޑައިގެންނަވާނެ އަތޮޅެއް ކަނޑައެޅުމުގެ ފުރުސަތު ސޯޝަލް މީޑިއާ ނެޓްވޯކް، ފޭސްބުކް މެދުވެރިކޮށް ހުޅުވާލައިފި އެވެ.

ޑރ. މުހައްމަދު އަލީ އަކީ އާންމުންގެ މެދުގައި މަގުބޫލު ޑޮކްޓަރެކެވެ. ވައިބާ ގްރޫޕާއި ފޭސްބުކް އަދި ޓުވިޓާ މެދުވެރިކޮށް ސިއްހީ ގޮތުން އާންމުން ކުރާ ސުވާލުތަކަށް ވަރުބަލި ކަމެއް ނެތި ހިތްހެޔޮ ކަމާއި އެކު ޖަވާބު ދިނުމަކީ އާންމުންގެ ސަޕޯޓާއި ލޯބި ޑޮކްޓަރަށް ލިބޭ ސަބަބެވެ.

މިފަހަރު ޑރ. މުހައްމަދު އަލީ ހުޅުވާލި މި ފުރުސަތަކީ ފޭސްބުކްގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 20،000 އަށް އެރުން ފާހަގަ ކުރުމަށް ހުޅުވާލި ފުރުސަތެކެވެ.

އޭނާ ވިދާޅުވީ އެކަން ފާހަގަ ކުރުމަށް އަތޮޅުތެރޭގެ ކޮންމެސް ރަށަކަށް ވަޑައިގެންނަވާނެ ކަމަށެވެ. އެ ރަށެއް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ކޮމެންޓު ބައި އޭނާ ލިޔުއްވާފައިވެ އެވެ.

ޑޮކްޓަރު ވިދާޅުވީ އޭނާ ވަޑައިގެންނަވާނީ އެންމެ ގިނަ ލައިކް ލިބޭ އަތޮޅަށް ކަމަށެވެ. މިހާތަނަށް މީހުން ލައިކް ދީފައިވާ ގޮތަށް ބަލާއިރު އެންމެ ގިނަ މީހުން ލައިކް ދީފައިވަނީ އައްޑޫ ސިޓީ އާއި ށ. އަތޮޅަށެވެ.

އަދިވެސް ލައިކް ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތު ބަންދުވާނީ އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. މަދުން ލައިކް ލިބިފައި ހުރި ބައެއް އަތޮޅު ތަކުގެ މީހުންވެސް ދަނީ އެ އަތޮޅުތަކަށް ވަޑައިގެންނެވުމަށް ޑރ. މުހައްމަދު އަލީއަށް ދައުވަތު ދެމުންނެވެ.

އެ ކޮމެންޓުތަކަށްވެސް އޭނާ ދަނީ މަޖާކޮށް ޖަވާބު ދެއްވަމުންނެވެ.

އައިޖީއެމްއެޗުގައި ރަސްމީ ވަޒިފާ އަދާ ކުރައްވާ ޑރ. އަލީ، މާލޭގެ ކްލިނިކްތަކުގައިވެސް މަސައްކަތް ކުރައްވަ އެވެ. އަދި ހިލޭ ސާބަހައްވެސް މަސައްކަތް ކުރައްވާއިރު މީގެ އެއް ހަފްތާ ކުރިން އޭނާ ވަނީ ފަގީރުންނަށް ސިއްހީ ފަރުވާ ދިނުމަށް ބަންގްލަދޭޝްއަށް ވަޑައިގެންފަ އެވެ.

އެ ދަތުރުގައި އޭނާ ބައްލަވާފައިވަނީ ބަންގްލަދޭޝްގައި ތިބި މިއަންމާގެ ރޮޖިންޖާ ދަރިކޮޅުގެ ފަގީރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް