ޑޯވް ހިމެނޭހެން ތިން ބްރޭންޑެއްގެ އުފެއްދުންތަކަކުން ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެއް ފެނިގެން ބޭނުން ކުރުން ކެނެޑާގައި މަނާކޮށްފި އެވެ.
ކެނެޑާގެ ނެޝަނަލް ހެލްތް އެޖެންސީން ނެރުނު އެލާޓެއްގައި ބުނީ އެ ތިން ބްރޭންޑުގެ 1.5 މިލިއަން އުފެއްދުންތަކެއްގައި އެ ކެމިކަލްގެ އެކުލެވޭ ކަމަށެވެ. އެއީ ޑޯވް އާއި ބެޑް ހެޑް ޓީއައިޖީއައި އަދި ޓްރޭސީމީ ބްރޭންޑެވެ.
އެ އެޖެންސީން ބުނީ ކެންސަރު ޖައްސާ ކެމިކަލެއް ކަމަށްވާ ބެންސީން ހިމެނެނީ އެ ބްރޭންޑުތަކުގެ އުފެއްދުންތަކުގެ ތެރެއިން ޝޭންޕޫ، ތެޔޮ، ހެއާ ކްރީމް، ހެއާ ކޮންޑިޝަނާ ފަދަ އިސްތަށިގަނޑަށް ހާއްސަ ގިނަ އުފެއްދުންތަކުގައި ކަމަށެވެ. ކެނެޑާގެ ހެލްތް އެޖެންސީން ވަނީ މިފަދަ އުފެއްދުންތަކުގެ ލިސްޓެއް އާންމުކޮށް އެ ގައުމުގައި ބޭނުން ކުރުން ވަގުތުން ހުއްޓާލަން އަންގާފައި އެވެ.
އެޖެންސީގެ ދިރާސާއިން ދައްކާގޮތުގައި 2020 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ އުފެއްދުންތަކުގެ 1،574،526 ފުޅި ނުވަތަ ދަޅު ކެނެޑާގައި ވިއްކާފައިވެ އެވެ.
އެ ދިރާސާގެ ނަތީޖާގައި ބުނެފައިވަނީ އެ އުފެއްދުންތަކުގައި އެކުލެވިގެންވާ ބެންޒީންގެ އަސަރު ފަސޭހައިން ބޮލުގެ ހަންގަޑުގެ ތެރެއަށް ވަދެގެން ދާ ކަމަށެވެ. އޭގެ ސަބަބުން އާންމުކޮށް ޖެހޭ ލޭގެ ކެންސަރާއި ލޫކީމިއާ ކެންސަރަށް މަގުފަހިވާ ކަމަށް ބުނެފައިވެ އެވެ.
ބްރެޒިލްގެ ސިއްހީ އިދާރާގެ ނިންމުމާއި އެކު މި ބްރޭންޑުތައް އުފައްދާ ޔޫނިލެވާ އިން ބުނެފީ ފިޔަވަޅެއް އެޅޭނީ އިތުރަށް ބަލައި އެމީހުންވެސް ދިރާސާތަކެއް ކޮށްފައި ކަމަށެވެ. އެއީ އެ ކުންފުންޏަށް އެފަދަ އެއްވެސް ރިޕޯޓެއް ލިބިފައިނުވާތީ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް