ކުރީގެ ރައީސް އަބްދުﷲ ޔާމީން ނ. އަތޮޅާއި އައްޑު ސިޓީއަށް ވަޑައިގެންނަވަން ހަމަޖައްސައިފި އެވެ.
ޕީޕީއެމްއިން ވަނީ މީޑިއާގައި މިދަތުރުފުޅުތައް ކުރެއްވުމަށް ހަމަޖެހިފައިވާކަން ޔަގީން ކޮށްދީފައި އެވެ. މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އެ މައުލޫމާތު އާންމު ކުރާނެ ކަމަށްވެ އެވެ.
އެމަނިކުފާނު ނ. އަތޮޅު ދަތތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. މި ދަތުރުފުޅުގައި އެ އަތޮޅު ކެނދިކުޅުދޫ، މިލަދޫ އާއި މަނަދޫ އާއި ހޮޅުދޫ އަދި މަގޫދޫއަށް ބަޑައިގެންނަވާނެ އެވެ.
މިދަތުރުފުޅުގައި އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންނާއި ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެ އެވެ. އަދި މީގެ ތެރެއިން ބައެއް ރަށްރަށުގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މި ދަތުރުފުޅަށް ފަހު އެމަނިކުފާނު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އައްޑޫ ސިޓީއަށް ވަޑައިގެންނަވާނެ އެވެ. އެ ދަތުރުފުޅުގައި ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު ތިން ވަނަ ދުވަހާއި ގުޅިގެން އަންނަ ހަފްތާ ބަންދުގައި އެވެ.
މިދެ ދަތުރުފުޅަކީވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނު މިދިޔަ ހަފްތާގައި ވަނީ ހއ. އަތޮޅުގެ ފަސް ރަށަކަށް ދަތުރުފުޅު ކުރައްވާފައި އެވެ. އެ ދަތުރުގައި ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް