އިޓާލިއަން ސެރިއޭގައި ރޭ އެމްޕޮލީއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލީގު ތާވަލްގެ ހަތްވަނައަށް ޔުވެންޓަސް އިން ޖެހިލައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި އެމްޕޮލީއާއި ދެކޮޅަށް ކުޅުނު މެޗު ޔުވެންޓައިން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ވަނީ މެޗުގެ އަށްވަނަ މިނެޓުގައި ލަނޑު ޖަހާ ލިޑު ނަގާފައެވެ. ކޮސްޓިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިނީ މޮއިސް ކީންއެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ކުއަޑްރާޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެެސްޓަން މެކެނީއެވެ. މެޗުގައި ޔުވެންޓަސްއިން ކާމިޔާބު ކުރި ފަހު ދެ ލަނޑު ޖަހައިދިނީ އެޑްރިއެން ރެބިއޮޓްއެވެ. އޭނާ މި ލަނޑުތައް ޖަހާފައިވަނީ މެޗުގެ 82 ވަނަ މިނެތުގައާއި މެޗުގެ އިތުރު ވަގުތުގައެވެ.
މި ނަތީޖާއާއި އެކު ޔުވެންޓަސް ވަނީ ތާވަލްގެ ހަތް ވަނައަށް ޖެހިލާފައެވެ. ޔުވެންޓަސް ހަތް ވަނާގައި އޮތީ ކުޅުނު 11 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި 26 ޕޮއިންޓާއި އެކު ނަޕޮލީ އޮތް އިރު ދެވަނާގައި އޮތީ 24 ޕޮއިންޓާއި އެކު އެޓަލާންޓާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް