ފްރެންޗް ލީގުގައި ރޭ ރެލިގޭސަން ޒޯނުގައި އޮތް އޭސީ އަޖަސިއޯ އަތުން މޮލޫވެ، ޕޮއިންޓް ތާވަލްގެ އެއްވަނާގައި ހަ ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަގައިފިއެވެ.
ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.
ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެޓީމުން ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ މެޗުގެ 24 ވަނަ މިނެތުގައެވެ. މި ލަނޑު މެސީގެ އެހީތެރިކަމާއި އެކު ޕީއެސްޖީއަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ކީލިއެން އެމްބާޕޭއެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިއޮނެލް މެސީއެވެ. މެސީ މި ލަނޑު ކާމިޔާބު ކޮށްދިނީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. އޭނާ މި ލަނޑުވެސް ކާމިޔާބު ކުރީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ރޭގެ މޮ މޮޅާއި އެކު ޕީއެސްޖީ މިވަގުތު އޮތީ ކުޅުނު 12 މެޗުން ލިބުނު 32 ޕޮއިންޓާއި އެކު ތާވަލްގެ އެއްވަނާގައި ހަ ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. ދެވަނާގައި އޮތީ 26 ޕޮއިންޓާއި އެކު ލޮރިއެންޓްއެވެ. އަދި ތިންވަނާގައި 23 ޕޮއިންޓާއި އެކު އޮތީ މާސޭއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް