ބޭސްތަކެއްގެ ސަބަބުން އިންޑޮނޭޝިޔާގައި 133 ކުޑަކުއްޖަކު މަރު !

ޖަނަވަރީން ފެށިގެން އިންޑޮނޭޝިޔާގައި އާދަޔާ ހިޔާލަފަށް ކިޑްނީ އިންފެކްޝަންތަކުގައި ކުޑަކުދިން މަރުވާތީ ބެލި ބެލުމުން އެކަން ހިނގަމުންދިޔައީ ބޭސްތަކެއްގެ ސަބަބުންކަމުގައި ދެނެގެންފިއެވެ. އެގޮތުން އެގައ...

22 Oct 2022 | 01:56

ޖަނަވަރީން ފެށިގެން އިންޑޮނޭޝިޔާގައި އާދަޔާ ހިޔާލަފަށް ކިޑްނީ އިންފެކްޝަންތަކުގައި ކުޑަކުދިން މަރުވާތީ ބެލި ބެލުމުން އެކަން ހިނގަމުންދިޔައީ ބޭސްތަކެއްގެ ސަބަބުންކަމުގައި ދެނެގެންފިއެވެ.

އެގޮތުން އެގައުމުގެ ހެލްތު މިނިސްޓްރީން އިއްޔ ބުނެފައިވަނީ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް އެ ގައުމުގެ 241 ކުއްޖަކަށް ކިޑްނީ އިންފެޝަނެއް ކަމުގައިވާ "އެކިއުޓް ކިޑްނީ އިންޖަރީ" ޖެހިފައިވާއިރު އޭގެ ތެރެއިން 133 ކުއްޖަކު މަރުވެފައިވާކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެ އިންފެކްޝަން ޖެހެނީ ދިޔާ ބޭސްތަކެއްގައި އެތިލީން ގްލައިކޯލް އަދި ޑައިތިލީން ގްލައިކޯލް ނަމަކަށްކިޔާ ދެ މާއްދާއެއް އެކުލެވޭތީކަން ޔަގީން ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ ގައުމުގައި ކުޑަކުދންނަށް ދިޔާ ބޭސް ދިނުން ވަގުތީ ގޮތުން ހުއްޓާލައި 100 އަށްވުރެ ގިނަ ބޭހެއްގެ ތަހުލީލުތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް މިކަން ފާހަގަކުރެވިގެން ކުރި ދިރާސާއަކުން ދެއްކިގޮތުގައި ކިޑްނީ އިންފެކްޓްވި ކޮންމެ 11 ކުއްޖެއްގެ ތެރެއިން ހަތް ކުއްޖެއްގެ ކިޑްނީން އެ ދެ މާއްދާ ފެނިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް