އިންތިހާބީ ރައީސް އިބޫ، ރައީސް މައުމޫން އާއި ބައްދަލުކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމާއި ބެހޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާ...

22 Oct 2018 | 11:15

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާއި ބެހޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިހާރުގެ މަސްރަހާއި ބެހޭގޮތުންނާއި މުސްތަގްބަލަށް ކުރެވޭ އުންމީދުތަކާއި ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ރިޔާސީ އިންތިހާބަށްފަހު އިންތިހާބީ ރައީސް އިބޫ، ރައީސް މައުމޫން އާއި ބައްދަލުކުރެއްވި މިއީ ދެވަނަ ފަހަރެވެ. އިންތިހާބަށްފަހު ފުރަތަމަ ބައްދަލުކުރެއްވީ ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަން ކުރިތާ ދެވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް