ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް މިނިވަން ވެއްޖެއެވެ. ގާސިމް މިނިވަން ވެފައިމިވަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލު ކުރުމުންނެވެ.
ދަށު ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައި އޮތީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ. އެ ހުކުމް ގާސިމްގެ މައްޗަށް އިއްވީ ރިޝްވަތު ދިން ކަމުގެ ކުށް ސާބިތު ވުމުންނެވެ. އެ ހުކުމް އޭނާގެ މައްޗަށް އިއްވީ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮއްވާ އޭނާގެ ޢައިރު ހާޒިރުގައެވެ.
އެ ހުކުމް ގާސިމްގެ މައްޗަށް އިއްވި ނަމަވެސް އެ ހުކުމުގެ މުއްދަތުގައި ގާސިމް ޖަލަށް ގޮސްފައެއް ނުވެއެވެ. އޭނާ ބޭސް ފަރުވާއަށް ދިޔަސީ ސިންގަޕޫރަށެވެ. އަދި އެއަށްފަހު ޖަރުމަނަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދެވިއެވެ.
ގާސިމް ރާއްޖެ ވަޑައިގެންނެވީ ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރުމުންނެވެ.
ގާސިމްގެ މައްޗަށް ދައުވާ ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ނަގަން އުޅުނު ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ރިޝްވަތު ތިން ކަމުގެ މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް