ރޮހިންގާ ރެފިއުޖީންނަށް އެހީވުމަށް 434 މިލިޔަން ޑޮލަރު ބޭނުންވޭ : އދ

މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ އަދި ހިޖުރަކުރަމުންދާ ރޮހިންގާ ދަރިފަސްކޮޅުގެ މުސްލިމު ރެފިއުޖީންނަށް އެހީވުމަށް 434 މިލިޔަން ޑޮލަރު ބޭނުންވާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ. އދ އި...

22 Oct 2017 | 14:27

މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ އަދި ހިޖުރަކުރަމުންދާ ރޮހިންގާ ދަރިފަސްކޮޅުގެ މުސްލިމު ރެފިއުޖީންނަށް އެހީވުމަށް 434 މިލިޔަން ޑޮލަރު ބޭނުންވާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އދ އިން ނެރުނު ނޫސް ބަޔާނެއްގައި އދ އެމަޖެންސީ ރިލީފް ކޯޑިނޭޓަރ މާކް ލޯކޮކް ބުނެފައިވަނީ މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަމިއްޔާގެ ކޮންފަރެންސެއްގައި ރޮހިންގާ ރެފިއުޖީންނަށް އެހީވުމަށް 434 މިލިޔަން ޑޮލަރު ހޯދުމަށް ބައިނަލަގްވާމީ އެހީއަށް އެދޭނެކަމަށެވެ.

ނޫސްބަޔާނުގައި ހާމަކޮށްފައިވާ ބައެއް ތަފްސީލުގައިވާ ގޮތުން ރޮހިންގާ ރެފިއުޖީންނަށް ބޯހިޔާވަހިކަމާއި ފެން ފޯރުކޮށްދިނުންފަދަ އަސާސީ ކަންތައްތައް ހަމަޖެއްސުމަށް 83.7 މިލިޔަން ޑޮލަރު ބޭނުންވެއެވެ. އަދި މިހާރުން މިހާރަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ކަންކަން ފޯރުކޮށްދިނުމަށް 10.2 މިލިޔަން ޑޮަލަރު ބޭނުންވާއިރު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރޮހިންގާ ރެފިއުޖީންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް 76 މިލިޔަން ޑޮލަރު ބޭނުންވެއެވެ. އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް އިތުރު 54 މިލިޔަން ޑޮލަރު ބޭނުންވެއެވެ.

މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންގާ ރެފިއުޖީންގެ އަދަދު މިހާރު ހަ ލައްކައާ ގާތްކުރާކަމަށް އދ އިން ހާމަކުރެއެވެ. އަދި ކޮންމެ ހަފްތާއެއްގައިވެސް 12 ހާހަށް ވުރެ ގިނަ އިތުރު ރެފިއުޖީން ބަންގްލަދޭޝްއަށް އިތުރުވަމުންދާކަމަށް އަދ އިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް